އަންނަ ހަފްތާގައި ޕާސްޕޯޓް ސްޓޮކް އާންމު ހާލަތަށް ގެނެވޭނެ: އިމިގްރޭޝަން

އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން

އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން

ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ސްޓޮކް މަދުވުމުގެ މައްސަލައަށް އަންނަ ހަފްތާގައި ހައްލު ލިބި، އާންމު ހާލަތަށް ގެނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. 

އިމިގްރޭޝަނުން އަދަދު އަށް ބުނީ ޕާސްޕޯޓުގެ ސްޓޮކެއް މިހާރު ލިބިފައިވީ ނަމަވެސް، ސްޓޮކަށް ދިމާވި މައްސަލަ ހައްލުކޮށް އާންމު ހާލަތަށް ގެނެވޭނީ އަންނަ ހަފްތާގައި ކަމަށެވެ. 

"މިހާރުވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ސްޓޮކް ލިބިފައި. ދެން އަންނަ ހަފްތާގައި ނޯމަލް ހާލަތަށް އެޅޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ،" އިމިގްރޭޝަނުން ބުންޏެވެ. 

އިމިގްރޭޝަނުން ބުނީ ސްޓޮކް މެނޭޖުކުރުމުގެ ގޮތުން ޕާސްޕޯޓަށް އެޕްލައިކުރާ މީހުންގެ ދަތުރުކުރުމުގެ ހާލަތަށް ބަލައި އިސްކަން ދީގެން ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ސްޓޮކް މެނޭޖްކުރަން އިމިގްރޭޝަނުން ގެންނަން ނިންމި ބަދަލުތައް:

  • ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހެޅުމުން އެ މީހަކަށް އައު ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ދޫކޮށްފައިވާ ޕާސްޕޯޓު ޖޫން 30، 2027 ގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި އިތުރުކުރެވޭނެ.
  • އަލަށް ޕާސްޕޯޓް ހަދާ މީހުންގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އަށް ސަފުހާގެ "އިމަޖެންސީ ޕާސްޕޯޓް" ފީއަކާ ނުލައި އެއް އަހަރަށް ދޫކުރުން.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ އެތަކެތި ފޯރުކޮށްދިނުމުގައި މިދިޔަ 10 އަހަރު އެއްވެސް މައްސަލައެއް ދިމާވި ކުންފުންޏެއް ނޫން ކަމަށެވެ. އެ ކުންފުންޏާ ޕާސްޕޯޓް ބުކްލެޓް ހެދުމުގެ ހިދުމަތް ހަވާލުކުރީ 2016 ވަނަ އަހަރެވެ. 

ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ދެ އެވެ. 

އީ-ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓު މި އަހަރު މެއި މަހުގެ ތެރޭގައި ހުސްވުމުގެ ސަބަބުން، އިމިގްރޭޝަނުން މިހާތަނަށް ހުރިހާ އެންމެންނަށް ވެސް ދޫކުރަމުން ދިޔައީ އާދައިގެ ނޮން-އިލެކްޓްރިކް ޕާސްޕޯޓެވެ. މީގެ ކުރިން 2024 ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން، އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން ހުއްޓާލައިފައި އޮތެވެ.

އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި، އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox