އަޅުގަނޑުގެ ބަހާއި އަމަލާ ދިމާވާނެ: މުއިއްޒު

ނޮވެމްބަރު 9، 2026: ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 9، 2026: ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާވާނެ ކަމަށް ވިދާޅުވެ އަމިއްލަ ދިފާއުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ. 

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުއާ އަމާޒުވި އެއް ސުވާލަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވަނީ މި ސަރުކާރަށްވުރެ ބޮޑަށް ޝަރުއީ ދާއިރާގެ މިނިވަންކަމަށް މަސައްކަތްކުރި ސަރުކާރެއް ނާންނަކަމަށް އަމިއްލައަށް ވިދާޅުވެފަ އެވެ. 

"އަމަލާއި ބަހާ އަޅުގަނޑުގެ މިކަމުގައި ދިމާވާނެ. އަޅުގަނޑު ރައްޔިތުންނާ މުހާތަބުކޮށް ފުރަތަމަ ވާހަކަ ދެއްކި ދުވަހު އަޅުގަނޑު ދެންނެވިން މިހިނދުންހިނދަށް ޝަރުއީ ނިޒާމު މިވަނީ މިނިވަން ވެފައޭ. އެކަން އެނގިލައްވާނެ ސިޔާސީ ވެރިންނަށް،" މުއިއްޒު ވިދާޅުވި އެވެ. 

ކޯޓުތަކުގައި ހިނގާ މައްސަލަތައް އަވަސްވެ ނުވަތަ ލަސްވަނީ ރައީސް އޮފީހުން ކޯލެއް ގޮސްގެން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.  ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމުގެ ގޮތުން ބަޖެޓު ވަކިކޮށްދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވެސް ބައެއް ކަންކަން ފެންނަނީ ނޫހުން، ދެން އެކަމަށް ބައެއް މީހުން މަލާމާތް ކުރިޔަސް އެއީ ހަގީގަތް. އެހެންވީމާ، އަޅުގަނޑެއް ޝަރުއީ ނިޒާމަށް އެއް ކަމަކަށް، ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ ޝަރުއީ ނިޒާމަށް،" މުއިއްޒު ވިދާޅުވި އެވެ. 

ބަހާއި އަމަލާ ދިމާވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެމަނިކުފާނު ކަންކަމުގައި އަމަލުކުރައްވާނެ ކަމަށް ވިދާޅުވާ ގޮތާ މުޅިން އިދިކޮޅަށް އަމަލުކުރައްވާތީ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވެ އެވެ.  

ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމައަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދު ވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ދަނީ ރައީސް އޮފީހުން ބޭނުންވާ މީޑިއާތަކަށް ދައުވަތު ދީގެންނެވެ. އޭގެ އިތުރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ހަރުކަށި އަދަބުތަކެއް ހިމަނައި ގާނޫނެއް ވެސް ވަނީ ވުޖޫދުކޮށްފަ އެވެ.

ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް އެކި ޕްލެޓްފޯމްތަކުގައި މުއިއްޒު ވިދާޅުވި ނަމަވެސް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ވެސް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުން ވަނީ ގެނެސްފަ އެވެ. 

އަޒްމިރަލްދާ އާއި މަހާޒު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު، ޖޭއެސްސީން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ނިންމައި، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށެވެ.

މި މައްސަލައިގައި ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒު އާއި ބަންޑާރަ ނައިބު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. އެހެންވެ، ޖޭއެސްސީ މައްސަލަ ކުރިއަށް ގެންގޮސް މަޖިލީހުން ވަކިކުރީ އަޒްމިރަލްދާ އާއި މަހާޒު އެވެ. 

ނަމަވެސް، އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ޖިނާއީ ދައުވާއެއް ނުކުރުމަށް ނިމިގެންދިޔަ ސެޕްޓެމްބަރު 30 ގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox