އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި، ޚާއްސަ ބަލިތަކަށް ފަރުވާ ދެއްވާ މަޝްހޫރު ޑޮކްޓަރުންގެ ޓީމެއް ޑޮކްޓަރުން ކެއާވަން ކްލިނިކަށް ޒިޔާރަތްކޮށް ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާކަމަށް އެ ކްލިނިކުން ބުނެފިއެވެ.
އެ ކްލިނިކުން ބުނީ މި މަހު ރާއްޖެ އަންނަ މި ޓީމުގައި ޚާއްސަ ދިހަ ދާއިރާއަކުން 10 ޑޮކްޓަރަކު ބައިވެރިވާކަމަށެވެ.
ކެއަރވަން ކްލިނިކަކީ ކިމްސްގެ ރާއްޖޭގައި ހުންނަ އެކްސްކްލޫސިވް ހަމައެކަނި ކްލިނިކެވެ.
އެ ކްލިނިކުން މިހާރުވަނީ މި މަހުން ފެެށިގެން ކޮންމެ މަހަކަުވެސް ކިމްސްގެ ޑޮކްޓަރުން އެ ކްލިނިކަށް ޒިޔާރަތްކޮށް ބަލިމީހުނަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
އިންޑިއާގެ ކިމްސް ހޮސްޕިޓަލާ ގުޅިގެން ހިންގާ ކެއާވަން ކްލިނިކުން އާސަންދަ، ޕޮލިސް އިންޝުއަރެންސް، އެލައިޑް އިންޝުއަރެންސް އަދި ސޮލަރެލް އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ހޯދޭނެއެވެ.
ކްލިނިކަށް ޒިޔާރަތްކުރައްވާ ޚާއްސަ ޑޮކްޓަރުންގެ ތަފުސީލު:
1. ޑރ. ނިތާ (ފިސިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން)
2. ޑރ. އަޖޭ ރަވީ (ރެސްޕިރޭޓަރީ މެޑިސިން)
3. ޑރ. ސްނޭހާ އޭން (ފާޓިލިޓީ އެންޑް އައިވީއެފް)
4. ޑރ. އަނޫ ކޭ ވާސޫ (ޕީޑިއަޓްރިކް ހެޕަޓޮލޮޖީ)
5. ޑރ. މަނޭޝް ސެނަން (ޕްލާސްޓިކް، ރިކޮންސްޓްރަކްޓިވް، މައިކްރޯވެސްކިއުލާ ސާޖަރީ)
6. ޑރ. ގަނޭޝް (އިންޓާނަލް މެޑިސިން)
7. ޑރ. ޝިޖޫކުމާރު (ކުޑަކުދިންގެ ޚާއްސަ)
8. ޑރ. ކޫކޫ މަރިޔަމް (އޯރަލް މެޑިސިން އެންޑް ޓީއެމްޖޭ ސްޕެޝަލިސްޓް - ދަތުގެ ޚާއްސަ)
9. ޑރ. ޗަންދަން (ކަށީގެ ޚާއްސަ)
10. ޑރ. އަބްދުލް ޝަމީރު (އޯތޯޑޮންޓިކްސް - ދަތުގެ ޚާއްސަ)
އެޕޮއިންޓްމަންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ކެއާވަން ކްލިނިކުން ލެބޯޓްރީ ޓެސްޓުތަކާއި، އެކްސް-ރޭގެ އިތުރުން ދަތުގެ ފަރުވާގެ ޚިދުމަތްތައް ވެސް ދެއެވެ.
މި ކްލިނިކް ހުންނާނީ އަސްރަފީ މަގުގައި ހުންނަ ހ. ނިވައިގައެވެ.

