ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް ކެއާވަން ކްލިނިކަށް، އާސަންދަ ލިބޭ
އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއެއްގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހުން ފެށިގެން ކޮންމެ މަހަކު މާލޭގެ ކެއާވަން ކްލިނިކުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ. މި ޑޮކްޓަރުންނަށް ދެއްކުމާއި ކްލިނިކުންދޭ އެހެނިހެން ހިދުމަތްތަކަށް އާސަންދަ އާއި އިންޝުއަރެންސްގެ އެހީގައި ފަރުވާ ހޯދޭނެއެވެ.