ދެ ބާރުގެ ވެރިންނާއި ވަޒީރުންގެ މުސާރަތައް މި ދަނޑިވަޅުގައި ބޮޑުކުރަނީ ރަސްމާލެ މަޝްރޫއުއަށް ނުފޫޒު ފޯރުވަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު، އަދި، ސަރުކާރު މިނިސްޓަރުންގެ މުސާރަތައް މި ދަނޑިވަޅުގައި ބޮޑުކުރަނީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އެ ބޭފުޅުން ވާހަކަދައްކަވައި މަސައްކަތް ކުރައްވަފާނެތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ބޭރުގެ މަހުޖަނެއްގެ ނުފޫޒުން، މުޅި ދިވެހި ދައުލަތް އޭނާގެ ޖީބަށް ކަހައި އެ ލަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ރަސްމާލެ މަޝްރޫއުގެ ވާހަކަ މި ތިން ބާރުގެ ވެރިން ދައްކަފާނެތީވެ، ތިން ބާރުން މިކަމާ ދެކޮޅަށް މަސައްކަތެއް ކުރައްވަފާނެތީވެ އިއްޒަތްތެރި ރައީސް މި ފޯރުވަނީ ނުފޫޒު، މި ފޯރުވަނީ ނުފޫޒު،" މީކާއިލް ވިދާޅުވި އެވެ.

"އީގަލް ހިލްސް އައުޓް ކިޔާފާނެތީ ތިން ބާރުގެ ވެރިން ގަނެލަނީ އިއްޒަތްތެރި ރައީސް، ތިން ބާރުގެ ވެރިން ގަނެލަނީ، ޖީބުގެ ތެރެއަށް، ޖީބުގެ އެންމެ އަޑިއަށް ރައްޔިތުންގެ މަޖިލީހުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު އިއްޒަތްތެރި ރައީސް ތިން ބާރު އެކީ އެކައްޗަކަށް މިއޮއްގެން ކަހައިލަނީ."

ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށް ބުނާ ނޫސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި ނޫސްވެރިން މި ވަގުތު ތިބީ ޑުބާއީގެ ފަސް ތަރީގެ ހޮޓާތަކުގައި ބައިތިއްބާފައި ކަމަށާއި އެ ނޫސްވެރިންނަށް އަންގައިފައި އޮތީ އީގަލް ހިލްސްގެ ރަނގަޅު ވާހަކަ ނޫން އެހެން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"މުޅި ދިވެހި ދައުލަތް ގަނެލަނީ، މުޅި ދިވެހި ދައުލަތް ގަނެލަނީ އިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން، މި ރައްޔިތުންގެ މަޖިލީހުގައި ތިބި ރައްޔިތުންގެ މަންދޫބުން ބޭނުންކުރައްވައިގެން ދިވެހި ދައުލަތް ބޭރުގެ މަހުޖަނެއްގެ މުށުތެރެއަށް މިއޮއް ކަހައިލަނީ،" މީކާއިލް ވިދާޅުވި އެވެ.

އެ ކަން އެގޮތަށް ކުރަމުންދާއިރު، މަޖިލީހުގެ މެންބަރުން ތިއްބެވީ އާނ ބަސް ވިދާޅުވާން ކަމަށާއި މިއަދު ހިންގަމުންދާ ކަންކަމާ ދެކޮޅަށް ބަސް ނުބުނާ އެއްވެސް މީހަކު ދެން ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދެން ގޮސްގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 73،000ރ. އިން 95،000ރ. އަށް ބޮޑުކުރުމަށާއި ވަޒީރުންނަށް އެލަވެންސްގެ ގޮތުގައި ލިބޭ ފައިސާއަށް 10،000ރ. އިތުރުކުރުމަށެވެ.

އޭގެ އިތުރުން، މާލިއްޔަތު ކޮމިޓީން ވަނީ އުއްތަމަ ފަނޑިޔާރަށް ލިބޭ މުސާރަ 91،000ރ. އިން 95،125ރ. އަށް ބޮޑުކުރުމަށެވެ.

މި ބަދަލުތައް ގެންނަން ފާސްކޮށްފައި މި ވަނީ ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އާންމު ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox