ޓެކްސް މައްސަލަތައް އިސްތިއުނާފު ކުރަން ބަހައްޓަން ޖެހޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރަނީ

ޓެކްސް ޑިސްޕިއުޓް މައްސަލަތައް ބަލާ ޓެކްސް އެޕީލް ޓްރައިބިއުނަލް: މީރާގެ ނިންމުންތައް އިސްތިއުނާފުކުރާއިރު މިހާރު ބަހައްޓަން ޖެހެނީ 25 ޕަސެންޓު --- ފޮޓޯ: ބައިލައިން.އެމްވީ

ޓެކްސް ޑިސްޕިއުޓް މައްސަލަތައް ބަލާ ޓެކްސް އެޕީލް ޓްރައިބިއުނަލް: މީރާގެ ނިންމުންތައް އިސްތިއުނާފުކުރާއިރު މިހާރު ބަހައްޓަން ޖެހެނީ 25 ޕަސެންޓު --- ފޮޓޯ: ބައިލައިން.އެމްވީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރާއިރު ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ބިލު ހުށަހެޅި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ، މީރާއިން ކަނޑައަޅާ އަދަދުތަކާ މެދު އިއުތިރާޒުކޮށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި ހާލަތްތަކެއްގައި މުޅި އަދަދަށްވާ 100 ޕަސެންޓު ދައްކަން ޖެހޭ ގޮތް ހެދުމާއި އިސްތިއުނާފު ކުރުމުގެ ޝަރުތުތައް ހަރުދަނާ ކުރުމެވެ.

ބިލުގެ ބަހުސްގައި ޕީއެންސީގެ މަޖިލިސް މެންބަރުން ބުނި ގޮތުގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު 2010 ގައި އެންމެ ފުރަތަމަ ވުޖޫދުވި އިރު، އިސްތިއުނާފު ކުރުމަށްޓަކައި ޓެކުހުގެ މުޅި އަދަދު ނުވަތަ 100 ޕަސެންޓު ދައްކަން މަޖުބޫރެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުން އެ އަދަދު ވަނީ 25 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އެހެންކަމުން މިއީ ކުރިން އޮތް ބޮޑު ޝަރުތަށް އަލުން ރުޖޫއަވުމުގެ ފެށުމެއް ކަމަށް އެ މެންބަރުން ބުންޏެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އާންމު ހާލަތްތަކުގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނީ މީރާއިން ނިންމި އަދަދުގެ 50 ޕަސެންޓު ދެއްކުމަށް ފަހުގަ އެވެ. ނަމަވެސް ވަކި ހާއްސަ ބާވަތެއްގެ މުއާމަލާތްތަކާ ގުޅިގެން މައްސަލަ ހުށަހަޅާ ނަމަ، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓު އެއްކޮށް މީރާއަށް ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ.

އެގޮތުން 100 ޕަސެންޓު ދައްކަން މަޖުބޫރުވާ ހާއްސަ ހާލަތްތަކަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ޖީއެސްޓީ ގާނޫނުގައި ބަޔާންކުރާ މުއާމަލާތްތަކެކެވެ. މީގެ ތެރޭގައި ޓެކްސް ދެއްކުމުން ރެކުމަށް ހިންގާ މުއާމަލާތްތަކާއި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި އަގު ކަނޑައެޅުމުގެ އުސޫލާ ހިލާފަށް ހިންގާ މުއާމަލާތްތައް ހިމެނެ އެވެ.

ޓެކްސް ދެއްކުމުން ރެކުމަކީ، ގާނޫނުގެ މަގުސަދާ ހިލާފަށް އަދި ހަގީގީ ވިޔަފާރި ބޭނުމެއް ނެތި، ދައްކަންޖެހޭ ޓެކްސް ކުޑަކުރުމަށް ނުވަތަ ނުދައްކާ ދޫކޮށްލުމަށް ރާވައިގެން ހިންގާ ހީލަތްތެރި މުއާމަލާތްތަކެވެ.

އަގު ކަނޑައެޅުމުގެ އުސޫލު ނުވަތަ ޓްރާންސްފާ ޕްރައިސިން އަކީ، އެއް ވިޔަފާރިއަކާ ގުޅުންހުރި ކުންފުނިތަކުގެ މެދުގައި މުދަލާއި ހިދުމަތް ބަދަލުކުރާއިރު، އާންމު ބާޒާރުގެ އިންސާފުވެރި އަގަށް ވުރެ ތަފާތުކޮށް އަގު ކަނޑައަޅައިގެން ފައިދާ އެހެން ތަނަކަށް ބަދަލުކުރުން ހުއްޓުވަން އޮންނަ ހަމަ އެވެ.

މީރާއިން މިފަދަ ކަމެއް ފާހަގަކޮށް އަދަދެއް ކަނޑައަޅައިފި ނަމަ، އިސްތިއުނާފު ކުރަން ޖެހޭނީ އެ އަދަދު އެއްކޮށް ދައްކައިގެންނެވެ.

ގާނޫނުގައި މިހާރު ވެސް އޮންނަ އުސޫލާ އެއްގޮތަށް، އިސްތިއުނާފު ކުރަން ދައްކަން ޖެހޭ 50 ޕަސެންޓާއި 100 ޕަސެންޓު ހިސާބުކުރާނީ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް ނުހިމަނަ އެވެ. މީގެ އިތުރުން، ކުރިއަށް ހުރި އަހަރުތަކުގައި އުނިކުރަން އޮތް ގެއްލުމުގެ އަދަދު ކުޑަކުރި މިންވަރާ ގުޅިގެން އިސްތިއުނާފު ކުރާ ނަމަ ފައިސާ ދައްކަން ނުޖެހޭނެ ވާހަކަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ވިޔަފާރިއަކަށް އަހަރަކު ގެއްލުން ވެއްޖެ ނަމަ، އެ އަދަދު ކުރިއަށް އޮތް އަހަރުތަކަށް ގެންގޮސް ފަހުން ލިބޭ ފައިދާއިން އުނިކުރުމުގެ ހައްގު ވިޔަފާރިތަކަށް އޮވެ އެވެ. މިސާލަކަށް ކުންފުންޏަކަށް މި އަހަރު 10 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ ކަމަށް ބުނުމުން، މީރާއިން އެ ހިސާބު ބަލައި ހަގީގީ ގެއްލުމަކީ 4 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައިފާނެ އެވެ. މީގެ ނަތީޖާއަކީ އެ ކުންފުންޏަށް ފަހުން ލިބޭ ފައިދާއިން އުނިކުރެވެން އޮތް ގެއްލުމުގެ އަދަދު 6 މިލިއަން ރުފިޔާއިން ކުޑަވުމެވެ.

ނަމަވެސް އެފަދަ ހާލަތެއްގައި ކުންފުނިން މިހާރުން މިހާރަށް މީރާއަށް ދައްކަން ޖެހޭ ވަކި ޓެކުހެއް ނޯންނާނެ އެވެ. އެހެންކަމުން މީރާގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ނަމަ، އެއީ ވަގުތުން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށްވާތީ އިސްތިއުނާފު ކުރުމަށް އެއްވެސް ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox