އައިކޮމްގެ އިޖުރާއީ ނިންމުންތައް ވަކިން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ހައި ކޯޓު: އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓަކީ ހައި ކޯޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ހައި ކޯޓު: އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓަކީ ހައި ކޯޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ނިންމާ އިޖުރާއީ ނިންމުންތައް ވަކިން ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ހައި ކޯޓުން މިގޮތަށް ކަނޑައެޅީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އައިކޮމްއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ.

މި މައްސަލަ އުފެދުނީ ނޮވެމްބަރު 17، 2023 އިން ޖުލައި 3، 2024 އަށް ސްޓެލްކޯއަށް އައްޔަންކުރި އަދި ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުންނެވެ. މި މައުލޫމާތު ހޯދަން މަހޯލި ޕޯޓަލް މެދުވެރިކޮށް ޖުލައި 3، 2024 ގައި އެދުނީ ގ. މާގޮށި، މުހައްމަދު ޝަރުހާން އެވެ.

Advertisement

މި ހުށަހެޅުމާ ގުޅިގެން ސްޓެލްކޯއިން އީމެއިލް މެދުވެރިކޮށް ޖަވާބު ދިނީ ޖުލައި 28، 2024 ގަ އެވެ. އެ ޖަވާބުގައި ސްޓެލްކޯއިން ބުނީ މައުލޫމާތު ދޭން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި އޮގަސްޓު 11، 2024 ގެ ކުރިން މައުލޫމާތު ދޭނެ ކަމަށް ވެސް ބުންޏެވެ. މި މަރުހަލާގައި އާރުޓީއައި ހުށަހެޅުމާ މެދު އެއްވެސް މައްސަލައެއް ސްޓެލްކޯއިން ފާހަގައެއް ނުކުރެ އެވެ.

މި މުއްދަތުގައި މައުލޫމާތު ނުލިބުމުން، މައުލޫމާތަށް އެދުނު މީހާ އައިކޮމްއަށް ޝަކުވާ ހުށަހެޅި އެވެ.

ނަމަވެސް، މި ޝަކުވާއާ ގުޅިގެން އައިކޮމްއިން ބޭއްވި އަޑުއެހުމުގައި ސްޓެލްކޯއިން އިޖުރާއީ ނުކުތާއެއް ނެގި އެވެ. ސްޓެލްކޯއިން ބުނީ މައުލޫމާތަށް އެދުނު ނަމުގައި މީހަކު ދުނިޔޭގައި ނެތް ކަމަށެވެ. އަދި ޝަހްސު ކަށަވަރުނުވާ ފަރާތެއްގެ ހުށަހެޅުމެއް ބަލައިގަންނަން ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅިގެން އައިކޮމްއިން ބެލިއިރު މައުލޫމާތަށް އެދުނު މީހާގެ ފުރިހަމަ ނަމަކީ "މުހައްމަދު ޝަރުހާން ވަހީދު" ކަން އެނގުނެވެ. އަދި ކުރިން ލިޔެވުނީ ނަމުގެ އެއްބައި ކަމަށް ބުނެ އެ ފަރާތުން އީމެއިލް ފޮނުވި އެވެ. އެހެންވެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް އައިކޮމްއިން ނިންމި އެވެ.

އައިކޮމްގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސްޓެލްކޯއިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ސްޓެލްކޯއިން އެދުނީ އައިކޮމްގެ އިޖުރާއީ ނިންމުންތައް ވެސް ވަކިން އިސްތިއުނާފު ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މައުލޫމާތަށް އެދޭ މީހުންގެ ޝަހްސު ކަށަވަރު ކުރުމަކީ އައިކޮމްގެ ޒިންމާއެއް ކަމަށް ކަނޑައެޅުމަށް ވެސް އެދުނެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފު ކުރެވެނީ މައުލޫއީ މައްސަލަ އެއްކޮށް ނިންމާ ނިންމުންތައް އެކަނި ކަމަށެވެ.

މައްސަލަ ބަލަމުންދާ ވަގުތު ނިންމާ އިޖުރާއީ ނިންމުންތައް ވަކިވަކިން ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ގާނޫނު ނުދޭ ކަމަށް ހައިކޯޓުން ބުންޏެވެ. އަދި އެފަދަ ކަންކަން ފާހަގަކުރަން ޖެހޭނީ އަސްލު މައްސަލަ ނިމުމުން ހުށަހަޅާ އިސްތިއުނާފެއްގައި ކަމަށް ވެސް ކަނޑައެޅި އެވެ.

މީގެ އިތުރުން މައުލޫމާތަށް އެދުނު ފަރާތުގެ އެޑްރެހާއި ފޯނު ނަންބަރާއި އީމެއިލް ހިމަނާފައިވާތީ، ގާނޫނާއި ގަވާއިދު ބުނާ މިންވަރަށް ޝަހްސު ކަށަވަރުވާ ކަމަށް ވެސް ކޯޓުން ނިންމި އެވެ. މިހެންކަމުން އައިކޮމްގެ އެ އިޖުރާއީ ނިންމުމަކީ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox