އާރުޑީސީގެ މުވައްޒަފުންގެ އަދަދު ދެގުނަ އިތުރުވެ، މުސާރައަށް ކުރާ ހޭދަ 45 މިލިއަނަށް އަރައިފި

އާރުޑީސީގެ އޮފީސް

އާރުޑީސީގެ އޮފީސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުން ތިން އަހަރު ތެރޭ ދެގުނަ އިތުރުވެ، މުސާރައަށް ކުރަންޖެހޭ ހޭދަ 45 މިލިއަނަށް އަރައިފި ކަމަށް  އެ ކުންފުނިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން އެ ކުންފުނިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު މަސް ކަމުގައިވާ،  ނޮވެމްބަރު 2023 ގައި އެ ކުންފުނީގައި ތިބީ 1741 މުވައްޒަފުންނެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 3946 އަށް އަރައިފަ އެވެ. މިއީ 2205 މުވައްޒަފުންގެ އިތުރުވުމެކެވެ.

އޮގަސްޓް، 2026، ނިޔަލަށް އެކުލަވާލާފައިވާ މި ރިޕޯޓުން ދައްކާ ގޮތުގައި، ދާއިމީ މުވައްޒަފުންގެ އަދަދު ނޮވެމްބަރު 2023 ގައި 230 ގައި ހުރިއިރު، އެ އަދަދު އޮގަސްޓު 2026 ގައި ވަނީ 1547 އަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް ހަތް ގުނައިގެ އިތުރުވުމެކެވެ.

އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދު 1511 އިން 2399 އަކަށް އިތުރުވެފައިވާއިރު، މިއީ 25 ޕަސެންޓުގެ އިތުރުވުމެކެވެ.

ނޮވެމްބަރު 2023 ގައި މުވައްޒަފުންގެ ތެރެއިން ދާއިމީ މުވައްޒަފުންގެ ނިސްބަތަކީ 13 ޕަސެންޓު ކަމަށްވީ ނަމަވެސް، މިހާރު އެ ނިސްބަތް ވަނީ 39 ޕަސެންޓަށް އިތުރުކޮށްފަ އެވެ. 

މުވައްޒަފުންގެ އަދަދާއެކު އެ ކުންފުނީގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މަހެއްގެ މައްޗަށް އަސާސީ މުސާރައިގެ ގޮތުގައި ކުރާ ހޭދަ 8 މިލިއަން ރުފިޔާއިން 19.8 މިލިއަން އަށް ވަނީ އިތުރުވެފައެވެ. މީގެއިތުރުން، މަހެއްގެ މައްޗަށް ދޭ އިނާޔަތްތައް 13.3 މިލިއަން ރުފިޔާއިން 25.9 މިލިއަނަށް ވަނީ އިތުރުވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިބއާރުޑީސީގެ މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައެވެ. އެގޮތުން ޖެނުއަރީ 2025 ގައި 183 މުވައްޒަފުން ތިބިއިރު، މި އަހަރުގެ ޖެނުއަރީއާ ހަމައަށް އެ އަދަދު ވަނީ 2902 އަށް އިތުރުވެފަ އެވެ. 

މުވައްޒަފުން އިތުރުކުރީ މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox