ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު 34،000 އަށް އިތުރުވެ، މުސާރައަށް ކުރާ ހޭދަ 511 މިލިއަނަށް އަރައިފި

Oct 26, 2026, 7:57 AM
ސިވިލް ސާވިސް މުވައްޒަފުންގެ ޓްރޭނިންއެއް. -- ފޮޓޯ ސިވިލް ސާވިސް ކޮމިޝަން

ސިވިލް ސާވިސް މުވައްޒަފުންގެ ޓްރޭނިންއެއް. -- ފޮޓޯ ސިވިލް ސާވިސް ކޮމިޝަން

ފާއިތުވި ތިން އަހަރުތެރޭގައި ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު 16 ޕަސެންޓު އިތުރުވެ، މުސާރައަށް ކުރާ ހޭދަ 44 ޕަސެންޓު އިތުރުވެފައިވާކަން ސިވިލް ސާވިސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހޯދި މައުލޫމާތުން ދައްކާ ގޮތުގައި  2023 ނޮވެމްބަރުގެ ނިޔަލަށް ސިވިލް ސާވިސްގައި ތިބީ ޖުމުލަ 29،386 މުވައްޒަފުންނެވެ. އެއީ ދާއިމީ 28،717 މުވައްޒަފުންނާއި ވަގުތީ 721 މުވައްޒަފުންނެވެ.

ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ދާއިމީ 32،656 މުވައްޒަފުންނާއި ވަގުތީ 1456 މުވައްޒަފުނާއެކު ސިވިލް ސާވިސްގައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު 34،112 އަށް ވަނީ އަރައިފަ އެވެ. މިއީ 4،726 މުވައްޒަފުންގެ އިތުރުވުމެކެވެ. 

Advertisement

މި މުއްދަތުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ހޭދަ 354.5 މިލިއަން ރުފިޔާއިން 511.2 މިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މިއީ މަހެއްގެ މައްޗަށް 156.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މުސާރައިގެ ހޭދަ އިތުރުވި މައިގަނޑު އެއް ސަބަބަކީ ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލެވެ. 

އަހަރުމުވައްޒަފުންމުސާރަ (މިލިއަނުން)
2023 ނޮވެމްބަރު29،386354.5
2023 ޑިސެމްބަރު29،446355.0
2024 ޑިސެމްބަރު 31،177380.7
2025 ޑިސެމްބަރު33،252489.1
2026 ސެޕްޓެމްބަރު34،112511.2

ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންގެ އަދަދު ވެސް ފާއިތުވި ތިން އަހަރު ތެރޭގައި 100 އަށް ވުރެ އިތުރުވިއިރު، މުސާރައިގެ ހޭދަ 20 މިލިއަން ރުފިޔާއިން، 37.5 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.

ނޮވެމްބަރު 2023 ގައި އެ ކޮމިޝަންގައި 2441 މުވައްޒަފުން ތިބިއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތިބީ 2558 މުވައްޒަފުންނެވެ. ސިވިލް ސާވިސް އާއި ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނާއި މުސާރައިގެ ހޭދަ އިތުރުވިއިރު، ސަރުކާރުގެ އޮފީސްތަކުގެ ހިދުމަތްތަކާމެދު ޝަކުވާތައް ގިނަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox