އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

Oct 25, 2026, 8:00 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އުރުދުންގެ ނަސާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި ޖަނާޒާއެއްގެ ތެރެއަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހަކު މަރާލައި، 40 މީހަކު ޒަހަމްކޮށްލައިފި އެވެ.

މި ހަމަލާ ދީފައިވަނީ އުރުދުންގެ ވެރިރަށް އައްމާނާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ކަރަކްގައި ހުންނަ ގްރީކް އޮތޮޑޮކްސް ފައްޅިއެއްގަ އެވެ.

އުރުދުންގެ ދައުލަތުގެ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ފިސްތޯލަ ހިފައިގެން ތިބި ދެ މީހަކު ފައްޅިއާ ދިމާލަށް ގޮސް ބަޑިޖަހަން ފަށަ އެވެ. އޭގެ ފަހުން ސެމީ އޮޓޮމެޓިކް ރައިފަލެއް ހިފައިގެން ހުރި ތިންވަނަ މީހަކު އައިސް ބަޑިޖަހަން ފެށުމަށް ފަހު، އެ ތިން މީހުން ފައްޅިއާ ދިމާލަށް ދުއްވައިގަންނަ މަންޒަރު ފެނެ އެވެ.

މަންޒަރު ދުށް މީހުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފައްޅީގެ ތަޅުންގަނޑުމަތީގައި ބިއްލޫރިތައް ތަޅައިގެން ގޮސްފައި ހުރިއިރު، ގިނަ އަދަދަކަށް ލޭ އޮހޮރިފައި ހުއްޓެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ ދިނީ ކޮން ބަޔެއްކަން ނޭނގޭ ކަމަށެވެ. އަދި ހަމަލާދިން މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރެވުނު ކަމެއް ނުވަތަ މަރާލެވުނު ކަމެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ސަރުކާރުން ބުނީ މި މައްސަލައިގެ ތަހުގީގު ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

އުރުދުންގެ ރަސްމީ ޕެޓްރާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފަ އެވެ.

ކަރަކް އަކީ އުރުދުންގެ މަދު އަދަދެއްގެ ކްރިސްޓިއަނުން ދިރިއުޅޭ ސަރަހައްދެކެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކަރަކްގައި ހުންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކްރޫސޭޑާ ކާސަލް ހިމެނޭހެން ދިން ސިލްސިލާ ހަމަލާތަކެއްގައި ހަތް ފުލުހުން ހިމެނޭހެން 10 މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ. އެ ފަހަރު ހަމަލާދިން މީހުން މަރާލާފައިވަނީ އުރުދުންގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ވަރުގަދަ އޮޕަރޭޝަނަކަށް ފަހުގަ އެވެ.

އުރުދުންގެ ހެލްތު މިނިސްޓަރު އިބްރާހީމް އަލް ބުދޫރު ވިދާޅުވި ގޮތުގައި، މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.

ރަސްގެފާނު އަބްދުﷲ ދެވަނަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރަކްއަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް އުރުދުންއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުޅުވުމާއެކު، އެ ބްރިޖް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުދާ އުފުލުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައު ބްރިޖުގެ ސަބަބުން ދެ ގައުމުގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox