މަޖިލިސް ގަވާއިދު އިސްލާހުކުރަނީ ގަރާރުތަކަށް ހުރަސް އަޅަން، އެކަމުން ސާފުވަނީ އީގަލް ހިލްސްއިން ނުފޫޒު ފޯރުވާނެ މިންވަރު: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަނީ އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ހުށާހަޅާ ގަރާރުތަކަށް ހުރަސްއަޅަން ކަމަށާއި އެކަމުން އެނގި ސާފުވަނީ ކުރިއަށް އޮތް ތަނުގައި އީގަލް ހިލްސް އިން މަޖިލީހަށް ނުފޫޒު ފޯރުވާ މިންވަރުކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކާމެދު ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތް، ބަދަލުކޮށް ބަހުސްކުރުމުގެ ކުރިން ގަރާރަކަށް ބަހުސް ނުކުރެވޭގޮތަށް ގަވާއިދު އިސްލާހުކުރަނީ ރަސްމާލެ މަޝްރޫއުއާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި މި ކުރިއަށްދާ ކަންކަމުން ވެސް އަޅުގަނޑުމެންނަށް ވަޒަންކޮށްލަން އެނގޭ އެމީހުން މިތަނުގައި ވަޒަންވެރިވެ މިތަނުގެ ޕްރޮޕަޓީތައް ވިއްކައި 99 އަހަރަށް އާބާދުވުމަށްފަހު، ދެން މި ރައްޔިތުންގެ މަޖިލީހަށް، ދެން މި ދިވެހި ދައުލަތަށް މި ދިވެހި ގައުމަށް ފޯރުވާނެ ނުފޫޒު މި ގެނައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި ގެންނަ ބަދަލުން އެކަނި ވެސް އަޅުގަނޑުމެންނަށް ސާފުވޭ،" މީކާއިލް ވިދާޅުވި އެވެ.

Advertisement

އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް

މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި މި ގަރާރުގައި، ދައުލަތުގެ މިލްކިއްޔާތާ ގުޅޭ ކަންކަން ގާނޫނާ އެއްގޮތަށް ކުރުމަށާއި، ސަރުކާރުން ސިއްރުކުރަމުންދާ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ވެލިފުކެއް ވެސް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ބިމަކުން ބޭރުގެ ކުންފުންޏަކަށް ތާއަބަދަށް 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ވެސް ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ.

މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި

މި އިސްލާހު ފާސްވެއްޖެ ނަމަ، ބަހުސް ކުރުމުގެ ކުރިން ނަގާ ވޯޓުން ގަރާރު ބަލައިނުގަންނަން ނިންމައިފި ނަމަ އެ ގަރާރެއް ބާތިލުވާނެއެވެ. މިއީ މިހާރު އޮންނަ އުސޫލާ ހިލާފަށް، ގަރާރުތަކަށް ބަހުސް ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ބަދަލެކެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި، އެގޮތަށް ވޯޓަށް އަހާއިރު، ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހަށް މިހާރު ގަރާރެއް ހުށަހަޅައިފި ނަމަ، ގަރާރު ބަލައިގަތުމާމެދު ވޯޓެއް ނަގަނީ އެ ގަރާރަކަށް ބަހުސްކުރުމަށްފަހު، އެވެ. މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް މަޖިލީހުގެ ގަވާއިދުގައި ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.

ނަމަވެސް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފި ނަމަ، މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox