އެމްޑީޕީ މެންބަރުންނަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު މީގެ ފަހުން ނުދޭނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ކޮޅަށް ތެދުވެވެނީ ވެސް ވެރިކަންކުރާ ޕީއެންސީން އެކަމަށް ފުރުސަތު ދޭތީ ކަމަށާއި އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ނުކުރައްވާނަމަ، ކުރިއަށް އޮތް ތަނުގައި އެ ފުރުސަތު ވެސް ނުދޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެ މަޖިލީހުގައި ޕީއެންސީގެ 73 މެންބަރުން ތިއްބެވި ކަމަށާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިބީ އެންމެ 11 ވަރަކަށް މެންބަރުން ކަމަށެވެ. އަދި، އެ ބޭފުޅުންނަށް މަޖިލީހުގައި އުޅެވެނީ ޕީއެންސީން އެ ފުރުސަތު ދީފައި އޮތުމުން ކަމަށް ފަލާހު ވިދާޅުވި އެވެ.

"ވަރަށް ހިތާމަޔާ އެކީގައި ދަންނަވަން ބޭނުންވަނީ އެމްޑީޕީގެ މިތަނުގައި ތިބި މެންބަރުންނަށް މި ބޭފުޅުން އަޅުގަނޑުމެން ވަރަށް ގާތްކޮށް މި ގެންގުޅެނީ މި ތަނުން ދެވެން ހުރި ހުރިހާ ފުރުސަތެއް، 70 މެންބަރުން، 73 މެންބަރުންގެ ތެރޭގައި 11 ވަރަކަށް ބޭފުޅުން އުޅޭއިރުގައި އިއްޒަތްތެރި ރައީސް ބައްލަވާ ކިހައި ބަލައިގެން އުޅެވޭތީތޯ މި ބޭފުޅުންނާ އެކީގައި މި އުޅެވެނީ،" ފަލާހު ވިދާޅުވި އެވެ.

"އެކަމަކު މި ބޭފުޅުންނެއް ބަލައިލަނީކީ ނޫން، ހަމަ ހިތަށް އެރިހާ އެއްޗެއް ގޮވަނީ، ހިތަށް އެރިހާ ވާހަކައެއް މި ތަނުގައި ދައްކަނީ. ހަގީގަތުގައި އަޅުގަނޑުމެން ފުރުސަތު ނުދޭނަމަ، މި ބޭފުޅުންނަށް ނުވެސް ތެދުވެވޭނެ."

ފަލާހު އެހެން ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން، އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާތީ އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ހަގީގަތުގައި ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ގަރާރު ނުވެސް ހުށަހެޅުއްވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު އެ މަޝްރޫއުއަށް ތާއީދުކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުން ދިފާއުކުރައްވައި ވެސް ފަލާހު ވާހަކަދެއްކެވި އެވެ. އޭނާ  ވިދާޅުވީ އެގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ޖެހެނީ އެމްޑީޕީން ކޮންމެ ކަމަކާ ގުޅިގެން މަޖިލީހަށް ގަރާރު ހުށަހަޅުއްވާތީ ކަމަށެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ، ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދު ވިދާޅުވުމަށްފަހު ފަލާހު ވިދާޅުވީ އެ ފަދަ ބޭފުޅުންގެ މައްސަލަތައް ގަރާރުގެ ގޮތުގައި އެމްޑީޕީން މަޖިލީހަށް ހުށަހަޅާ ނަމަ، އެ ކަމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

"މި ކިޔަނީ ވެރިކަންކުރި ވެރިއެއްގެ އެކައުންޓުގައި، އެންމެ ބޭންކު އެކައުންޓެއްގައި ހުރި ވާހަކަ. 457 މިލިއަން ދިވެހި ރުފިޔާ، ގައިމު ދައުލަތުގެ ބަޖެޓަށް އެ ވައްދައިދީފިއްޔާ ލުޔެއް ލިބޭނެއެއްނު؟ ދެން ސިންގަޕޫރުގެ ކޮންމެވެސް އެކައުންޓެއްގައި 700 މިލިއަން ޑޮލަރު ހުރި ވާހަކަ،" ފަލާހު ވިދާޅުވި އެވެ.

"މި ވާހަކަދައްކައިގެން ނޫންތީ ގަރާރު ހުށަހަޅަންވީ. އޭރުން އަޅުގަނޑުމެން ފުރުސަތު ދޭނަން މި ތަނުގައި ވޯޓު ދީގެން ގަރާރަށް ބަހުސްކުރަން ވެސް، އެހެން ނޫނީ ދެން ކުރިއަށް އޮތް ތަނުގައި ފުރުސަތެއް ނުލިބޭނެ އިއްޒަތްތެރި ރައީސް،" ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި، އެގޮތަށް ވޯޓަށް އަހާއިރު، ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހަށް މިހާރު ގަރާރެއް ހުށަހަޅައިފި ނަމަ، ގަރާރު ބަލައިގަތުމާމެދު ވޯޓެއް ނަގަނީ އެ ގަރާރަކަށް ބަހުސްކުރުމަށްފަހު، އެވެ. މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް މަޖިލީހުގެ ގަވާއިދުގައި ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.

ނަމަވެސް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފި ނަމަ، މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox