ރައީސް މުއިއްޒުއަކީ ޔަހޫދީއެއް، ޒަޔަނިސްޓެއް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ޔަހޫދީންގެ ހުރިހާ ސިފައެއް ހަމަވާކަމަށާއި، އެމަނިކުފާނަކީ ޔަހޫދީ ޒަޔަނިސްޓެއް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނާ އަހުދެއް ވެވަޑައިގެން ކަމަށާއި އެ މަނިކުފާނު ވައުދުވެވަޑައިގެންފައި އޮތީ ރަސްމާލޭގެ ބިމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ކަމަށެވެ.

ނަމަވެސް ވެރިކަން ދެބައިވީއިރު، އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ތަން ބޭރުގެ ކުންފުންޏަކަށް ހިލޭ ދިނުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ނިންމާފައިވާ ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރުއަކީ ޔަހޫދީންނަށް ވާގިވެރިވާ، ޔަހޫދީންގެ ތައުރީފާއި ސަނާ ލިބިފައިވާ މީހެއް ކަމަށެވެ.

Advertisement

"އަޅުގަނޑުމެން މި އިސްލާމީ ލޮބުވެތި ގައުމު، ސައްތައިން ސައްތަ އިސްލާމީ ގައުމުގައި އަޅުގަނޑުމެން ގޮވައިލީމާ އަޑުޖެހޭ ހިސާބުގައި ޔަހޫދީ އާބާދީއެއް ވަޒަންވެރިކުރުވަން ރައީސް މުއިއްޒު، ރައީސް މުއިއްޒުއަކީ އަޅުގަނޑުގެ ނަޒަރުގައި މިއަދު ޔަހޫދީއެއް، ޒަޔަނިސްޓެއް، ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔަހޫދީއެއް،" މުއިއްޒު ވިދާޅުވި އެވެ.

މައުރޫފް އެހެން ވިދާޅުވުމުން ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމްދީދީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މުއިއްޒުއާ ދިމާލަށް ޔަހޫދީއަށް ނުގޮވޭނެކަމަށް ވިދާޅުވެފަ އެވެ.

ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަނެ، އެއްވެސް މީހަކާ ދިމާލަށް ޔަހޫދީއަށް ނުވަތަ މުނާފިގަށް ނުގޮވޭނެކަމަށް ވިދާޅުވެފަ އެވެ.

ރިޔާސަތުން އެހެން އެންގުމަށްފަހު، އަލުން ފުރުސަތު ދިނުމުން މައުރޫފް ވިދާޅުވީ ޔަހޫދީންގެ ހުރިހާ ސިފައެއް މުއިއްޒުގެ ކިބައިގައި ފުރިހަމަވާ ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ދައްކަވާ ވާހަކައެއް ގަބޫލުކުރައްވާ އެއްވެސް ރައްޔިތަކު މި ރާއްޖޭގައި މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔަހޫދީންގެ ސިފަތައް އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، އެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ އެބަހުރި، ދިވެހިރައްޔިތުންގެ ތެރޭގައި ރައީސް މުއިއްޒު ދައްކަވާ ވާހަކައަށް އިތުބާރުކުރާ ހަމަ އެކަކު ވެސް މިއަދު ނެތް، ދޮގު ހެދުމުގައި ހައްދުފަހަނައަޅައި ގޮސްފައި،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ ބޮޑު ބިމެއް ހުސްނުވާ 99 އަހަރަށް ބޭރުގެ ބަޔަކަށް ދޭން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox