ޓޮޓެންހަމްގެ ފުރަތަމަ މޮޅާ އެކު ޑި ޒާބީ އަށް ހަމަނޭވައެއް

Oct 20, 2026, 12:46 PM
ޓޮޓެންހަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ: ފުރަތަމަ މޮޅަކީ ރަނގަޅު ފެށުމަކަށް ހަދަން ބޭނުންވޭ

ޓޮޓެންހަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ: ފުރަތަމަ މޮޅަކީ ރަނގަޅު ފެށުމަކަށް ހަދަން ބޭނުންވޭ

ލަންޑަން (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކަވެންޓްރީ ސިޓީ އަތުން 3-1 އިން ކުރިހޯދައި، ޓޮޓެންހަމް ހޮޓްސްޕާސް އިން މި ފަހަރުގެ ލީގު ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

ރޭގެ މެޗާ ކުރިމަތިލިއިރު، 20 ޓީމު ވާދަކުރާ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ 20 ވަނައިގަ އެވެ. އެކަމަކު، މި މޮޅާ އެކު، ޓޮޓެންހަމް އިން ވަނީ ހަތް މެޗުން ހަ ޕޮއިންޓް ހޯދައި، ލީގުގެ 16 ވަނަ އަށް ޖެހިލައިފަ އެވެ. 

ލީގުގެ ފުރަތަމަ ހަ މެޗުން މޮޅެއް ނުލިބި ޓޮޓެންހަމް އަށް ކުރިމަތިވެފައި އޮތީ ބޮޑު މާޔޫސްކަމެކެވެ. އެކަމުން އަަރައިގަންނަން ރޭގެ މެޗުގައި ނަތީޖާ ނެރުން އެ ޓީމަށް އޮތީ ހުރިހާ ގޮތަކުން ވެސް މުހިންމުވެފަ އެވެ. އަށާރަ މަސް ދުވަސް ތެރޭ ފުރަތަމަ ފަހަރަށް، ޖޭމްސް މެޑިސަން، ޓޮޓެންހަމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. 

Advertisement

ރޭގެ މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޖެހީ ވެސް މެޑިސަން އެވެ. މިއީ، މުހައްމަދު ކުޑޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޑިސަން ޖެހި ގޯލެކެވެ. މި ލަނޑާ އެކު ޓޮޓެންހަމް އިން ނެގި ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އެވެ. އެކަމަކު، ދެ ވަަނަ ހާފު ފެށުނުތަނާހެން ކަވެންޓްރީން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ޖެހީ، މެޗުގެ 49 ވަނަ މިނިޓްގައި ޖެކް ރުޑޯނީ އެވެ. 

މެޗުގައި ދެ ވަނަ ފަހަރަށް ޓޮޓެންހަމް އިން ލީޑުނެގީ 58 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން އޮމަރު މާމޫޝް އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލި އެވެ. އެއް ގޯލުގެ ލީޑުގައި އޮވެ، ޓޮޓެންހަމް އިން ރަނގަޅަށް ޑިފެންސްކުރުމުގެ ނަތީޖާ އަކަށްވީ މެޗުގެ އިތުރު ވަގުތުގައި ލީޑުފުޅާކުރަން ފުރުސަތެއް ލިބުމެވެ. އެ ފުރުސަތުގެ ބޭނުން، ޓޮޓެންހަމް އިން ރަނގަޅަށް ހިފި އެވެ. ޓޮޓެންހަމް އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ ބެން ޑޭވިސް އެވެ. މިއީ، ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން ޑޭވިސް ޖެހި ލަނޑެކެވެ. 

މިއީ، ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ކުޅުނު 37 މެޗުގެ ތެރެއިން މޮޅުވި ހަތް ވަނަ މެޗެވެ. 

ރޭގެ މެޗަށް ފަހު، ޓޮޓެންހަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނީ، މި ސީޒަނުގައި ޓޮޓެންހަމް އަށް ދިމާވަމުން އަންނަ ކޮންފިޑެންސްގެ މައްސަލަައަށް ފުރަތަމަ މޮޅާ އެކު، ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox