ސެން ފްރެންސިސްކޯ
2 ލިޔުން
ފަހުގެ
ދުނިޔެޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ
އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދުނިޔެޓެލެކޮމް މެލޭޝިއާގެ ވެރިންތަކަކަށް އެމެރިކާގައި ދައުވާ
ޓެލެކޮމް މެލޭޝިއާގެ އެމެރިކާ ގޮފީގެ އިސް ތިން ވެރިއަކު 20 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެ މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ލިޔެކިޔުންތައް އޮޅުވާލައިގެން ހިންގި މި ޖިނާއީ އަމަލާ ގުޅިގެން ތުހުމަތުކުރެވޭ ތިން މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
