ޑޮލަރު ރޭޓު ގޮތަށް، އީގަލް ހިލްސްގެ ހަބަރު ޖެހުން ވެސް ހުއްޓުވާނެ: އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް: އޭނާ ވިދާޅުވީ މަގުމައްޗަށް ނުނިކުތަސް ރަސްމާލެ ދިނުމާ ރައްޔިތުން ދެކޮޅު ކަމަށް ---- ފޮޓޯ: އަދަދު

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް: އޭނާ ވިދާޅުވީ މަގުމައްޗަށް ނުނިކުތަސް ރަސްމާލެ ދިނުމާ ރައްޔިތުން ދެކޮޅު ކަމަށް ---- ފޮޓޯ: އަދަދު

ރަސްމާލެއިން އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކުރާ މައްސަލައިގައި ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކުގެ އަޑު ކަނޑުވާލުމަށް ޓަކައި، ނޫސްތަކުގައި އެ ކުންފުނީގެ ހަބަރުތައް ނުޖެހޭ ހިސާބަށް ކަންކަން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތް އިއުލާންކުރެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ރަސްމާލެ ބޭރުގެ ބަޔަކަށް ދިނުމަށް ދެކޮޅަށް ކުރާ މަސައްކަތަތައް ހުއްޓުވަން ސަރުކާރުން ގެންދަނީ ވަރަށް އިންތިޒާމީ ގޮތެއްގައި މަސައްކަތް ކުރަމުން ކަމަށެވެ. 

އަމީން މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސްކުރުން ހުއްޓުވުމަށް ޓަކައި، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބަދަލުގައި އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަން ޖެހޭ ގޮތަށެވެ. މި ބަދަލު ގެނެސްފިނަމަ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ބޭނުން ނުވާ އެއްވެސް މައްސަލައެއްގައި ގަރާރެއްގެ ބަހުސް ނުހިނގާނެ އެވެ. 

މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި

މި އިސްލާހު ފާސްވެއްޖެ ނަމަ، ބަހުސް ކުރުމުގެ ކުރިން ނަގާ ވޯޓުން ގަރާރު ބަލައިނުގަންނަން ނިންމައިފި ނަމަ އެ ގަރާރެއް ބާތިލުވާނެއެވެ. މިއީ މިހާރު އޮންނަ އުސޫލާ ހިލާފަށް، ގަރާރުތަކަށް ބަހުސް ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ބަދަލެކެވެ.

އަމީން ވިދާޅުވި ގޮތުގައި، މި މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތްތަކަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ. އެ ގޮތުން މި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ގަރާރު މާދަމާގެ އެޖެންޑާއިން އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގަރާރު ދެން އެޖެންޑާ ކުރާނީ، އަމީން ވިދާޅުވި ގޮތުގައި، ގަވާއިދު ބަދަލު ކުރުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވީ އޭރުން އޮންނަނީ  އެ ފަދަ ގަރާރުތަކަށް ބަހުސް ނުކުރެވޭ ގޮތް ހަދާފައި ކަމަށެވެ. އަދި، މި ބަދަލު ގެނައުމުގައި ސަރުކާރުގެ މަގުސަދަކީ ރަސްމާލެ ޕްރޮޖެކްޓުގެ މައުލޫމާތު ހޯދަން މަޖިލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ އަޑު ކަނޑުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދަށް މި ގެނެވޭ ބަދަލުގައި ގަރާރަށް ބަހުސް ނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށްފަހު ގަރާރު އަންނާނެ. އެހެންވީމާ މި އަދި ފެށުނީ. އަޅުގަނޑު ހަމަ މި ކުރިއަށް އޮތް ތަނުގައި އަންނާނެ މި ނޫސް މަޖައްލާތަކުގައި ވެސް އީގަލް ހިލްސްގެ ވާހަކަ ނުލިޔެވޭ ހިސާބަށް ދާނެ،" އަމީން ވިދާޅުވި އެވެ.

"އެއީ ޑޮލަރުގެ ވާހަކަ ވެސް ނުލިޔޭ ހިސާބަށް ދިޔައީ. ދެން އަދި މީޑިއާ ކޮންޓްރޯލް ވެސް ކުރީ."

އަމީން އިތުރަށް ވިދާޅުވީ، ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ މިކަމާ ދެކޮޅަށް އަޑުނުއުފުލި ނަމަވެސް، ގައުމު ދެކެ ލޯބިވާ ގިނަ އަދަދެއްގެ ޒުވާނުން މިކަމާ މެދު ފުންކޮށް ވިސްނަމުންދާ ކަމަށެވެ. ސަރުކާރުން ހަދާ ގޯސްތަކަށް "ނޫނެކޭ" ބުނާނެ ރައްޔިތުން ރާއްޖޭގައި އެބަތިބި ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox