ރަސްމާލެ ޑީލަށްފަހު މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާ

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ފަސް ހަފްތާ ވަނީ ފާއިތުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ފަސް ހަފްތާ ވަނީ ފާއިތުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެއިން 500 ހެކްޓަރު އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް އެއްވެސް އަގަކާ ނުލައި ދިނުމަށް ސަރުކާރުން ހެދި ޑީލަށްފަހު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވަ އެވެ. 

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގައި މުއިއްޒު ވިދާޅުވީ  މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ވައުދާ އެއްގޮތަށް އެމަނިކުފާނު އަމަލުކުރައްވާފައެއް ނުވެ އެވެ. 

މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ސެޕްޓެމްބަރު 7، ގަ އެވެ. އޭގެ ފަހުން ފަސް ހަފްތާ ފާއިތުވެގެންދިޔައިރު އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ. 

Advertisement

ރަސްމާލެ ޑީލުގައި ދިވެހި ސަރުކާރުން ސޮއިކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ އޮތްިއިރު، އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. 

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ރިޔާސީ ބަޔާން އިއްވަވަމުން މިދިޔަ ފެބްރުއަރީގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުބާއްވާފައިވަނީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ޑިސެމްބަރު 5، 2023، ގައި ބޭއްވިއިރު، 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުން މެއި 3، ގަ އެވެ.

ނޫސްވެރިންނާ ޖޫން 29، ގައި މުއިއްޒު ބައްދަލުކުރެއްވުމަށްފަހު ތިން ހަފްތާގެ މެދުކެނޑުމެއް އައިއިރު، އޭގެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ އަށް ހަފްތާގެ މެދުކެނޑުމަކަށްފަހު އެވެ. 

ނަމަވެސް އެމަނިކުފާނު ކޮންމެ ހަފުތާއަކު ވެސް "ކޮންމެވެސް ސިފައެއްގައި" ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދޮގު ހައްދަވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox