ޔަހޫދީ ވަޒަންވެރިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ވެސް ހަމަލާދީފި

Oct 18, 2026, 12:10 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފި އެވެ.

ބެލްޖިއަމްގެ ކޮންސުލް ޖެނެރަލް އާއި އެހެނިހެން މަންދޫބުންނަށް ދިން މި ހަމަލާ ބެލްޖިއަމް ސަރުކާރުން ކުށްވެރިކޮށްފައިވާއިރު، މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިސްރާއީލަށް ވަނީ ގޮވާލާފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ވެސް ވަނީ މިއީ "ނުރައްކާތެރި އަނިޔާވެރި އަމަލެއް" ކަމަށް ސިފަކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ހިނގާދިޔަ ކަންތައްތަކާ މެދު ޝައްކު އުފައްދާފަ އެވެ. އަދި މިއީ "އިސްރާއީލުގެ އަގުވައްޓާލުމަށް ރޭވުންތެރިކަމާއެކު ހިންގާ ކެމްޕޭނެއްގެ" ބައެއް ކަމަށް އެ އޮފީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

މި ހަމަލާ ދީފައިވަނީ ހުޅަނގު އައްސޭރީގެ އެހެން އަވަށެއްގައި ވަޒަންވެރިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ބައެއް މީހުންނާއި ވޮޝިންޓަން ޕޯސްޓްގެ ފޮޓޯގްރާފަރު ހެއިޑީ ލެވިންއަށް އަނިޔާވިތާ އެންމެ ދުވަހެއް ފަހުންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ފޮޓޯގްރާފަރު ލެވިންއަށް ދިން ހަމަލާއަކީ "ކަންބޮޑުވާންޖެހޭ" އަދި "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވެސް ވަނީ އެ ހަމަލާ ކުށްވެރިކުރައްވާފަ އެވެ. އިސްރާއީލުގެ ވަރުގަދަ މަދަދުގާރެއް ކަމަށްވާ ހަކަބީ އެ ހަމަލާ ސިފަކުރެއްވީ "މޫނު ނިވާކޮށްގެން ތިބި ފިނޑިން ހިންގި ޓެރަރިސްޓް އަމަލެއް" ގެ ގޮތުގަ އެވެ. އަދި ހަމަލާދިން މީހުންނަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި، ބެލްޖިއަމް، ފްރާންސް، ޕޮލެންޑް އަދި ކެތޮލިކް ޗާޗަށް ނިސްބަތްވާ ޔޫރަޕްގެ ޑިޕްލޮމޭޓުން ވަޑައިގަތީ ރާމަﷲ ކައިރީގައި އޮންނަ، ކްރިސްޓިއަނުންގެ އާބާދީ ބޮޑު ތައިބޭ އަވަށަށެވެ.

ޑިޕްލޮމޭޓުން އެ އަވަށަށް ވަޑައިގަތީ، ޒައިތޫނި ބިންނަން އުޅޭ ފަލަސްތީނު މީހުންނަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ބެއްލެވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox