ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބޭ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވަނީ

Oct 17, 2026, 12:22 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ، އެމީހުންގެ އުޅަނދުތަކާއި ޒައިތޫނި ގަސްތަކުގައި ހުޅުޖަހައިފި އެވެ.

ފަލަސްތީނުގެ އަބޫ ފަލާހު އަވަށުގެ ދަނޑުބިންތަކުގައި ދިން މިފަދަ ބައެއް ހަމަލާތައް ބީބީސީގެ ޓީމަކަށް ވަނީ ފެނިފަ އެވެ. އެ ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނާއި އެމެރިކާގެ ރައްޔިތުކަން އޮންނަ ހަތަރު މީހަކު ހިމެނޭއިރު، ބޭރުގެ ނޫސްވެރިއަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ހެނދުނުގެ ކުރީކޮޅު އެ ސަރަހައްދަށް ދަތުރުކުރިއިރު، ހިންގަމުންދިޔަ އަނިޔާވެރި އަމަލުތަކުގެ ފުރަތަމަ ނިޝާންތައް ފެންނަން ހުއްޓެވެ. ކައިރި ހިސާބުތަކުން ދުން އަރަމުންދިޔައިރު، ހަނި އަދި ހިލަ ގިނަ މަގުތަކުން، ޒަޚަމްވެފައިވާ ފަލަސްތީނުގެ ދަނޑުވެރިން ގޮވައިގެން ބާރުމިނުގައި ކާރުތައް ދަތުރުކުރަމުންދިޔަ އެވެ. އެ ކާރުތަކުގައި ޒައިތޫނި ބިނުމަށް ބޭނުންކުރާ ސާމާނުތައް ފުނިޖަހާފައި ހުއްޓެވެ.

ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހަކު ކިޔައިދިން ގޮތުގައި، ޒައިތޫނި ބިންނަން ތިއްބާ ވަޒަންވެރިން އެމީހުންނަށް ދަނޑިބުރިތަކުން ހަމަލާދީ، ތިން ކާރެއްގައި ވަނީ ހުޅުޖަހާފަ އެވެ. އޭގެ ތެރޭގައި އޭނާގެ އަމިއްލަ ކާރެއް ވެސް ހިމެނެ އެވެ.

އޭނާގެ ކައިރީގައި ހުރި އަންހެނަކު ބުނީ، "އަހަރެމެން ދަނޑަށް ގޮސް ސާމާނުތައް ބެހެއްޓިތަނާހެން އެމީހުން އަންނަން ފެށީ، އެހެންވެ އަހަރެމެން ފިލަން ދުވީ،" ކަމަށެވެ.

މި ހަމަލާތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، އެ ރިޕޯޓުތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ހުޅަނގު އައްސޭރީގައި އެއްވެސް ފަރާތަކުން ހިންގާ ޖިނާއީ އަނިޔާވެރި އަމަލުތައް އަހަރެމެން ކުށްވެރިކުރަން. އަދި މިކަމުގައި ޒިންމާވާ ފަރާތްތައް ތަހުގީގުކޮށް، ހައްޔަރުކޮށް، އެމީހުންނަށް އަދަބު ދިނުމަށް ގޮވާލަން،" ތަރުޖަމާނު ވިދާޅުވި އެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެކަނިވެސް، އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ދީފައިވާ ހަމަލާތަކުގެ އަދަދު، މިދިޔަ އަހަރުގެ މުޅި ޒައިތޫނި މޫސުމުގައި ދިން ހަމަލާތަކަށް ވުރެ ވަނީ އިތުރުވެފަ އެވެ.

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިނުމަކީ މިހާރު ވަގުތާ ކުރާ ހަނގުރާމައަކަށް ވަނީ ވެފަ އެވެ. އިސްރާއީލުގެ އަނިޔާވެރި ވަޒަންވެރިން ހަމަލާދޭން ފެށުމުގެ ކުރިން، އިރު އެރުމާއެކު ވީހާވެސް އަވަހަކަށް ގަސްތަކުން ޒައިތޫނި ބިނުމަށް ދަނޑުވެރިން މިހާރު މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox