ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

Oct 15, 2026, 9:51 AM
އީލޮން މަސް

އީލޮން މަސް

ޔޫކްރޭނުން ބޭނުންކުރާ ބައެއް ހަތިޔާރުތަކުގެ ދުވެއްޔާއި، ސްޕޭސް އެކްސްގެ ސްޓާލިންކް އިންޓަނެޓް ނެޓްވޯކާ އެ ހަތިޔާރުތައް ގުޅިފައި ހުންނަ މިންވަރަށް ގެނެސްފައިވާ ހުރަސްތަކުގެ ފަހަތުގައި އޮތީ އެމެރިކާ ސަރުކާރު ކަމަށް ބެލެވޭ ކަމަށް އެލޮން މަސްކް ބުނެފި އެވެ.

ސްޓާލިންކަކީ ރަޝިޔާގެ އަމާޒުތަކަށް ޑްރޯން ހަމަލާތައް ފޮނުވުމަށާއި ޔޫކްރޭނުގެ ވައިގެ ސަރަހައްދު ދިފާއުކުރުމަށް ވަރަށް މުހިންމު ވަސީލަތެކެވެ. ނަމަވެސް، އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިންޓަނެޓްގެ ދުވެއްޔަށް ގެނައި ބަދަލުތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ކުރިއަށްގެންދާ މިޝަންތަކަށް ބުރޫއަރަމުންދާ ކަމަށް ޔޫކްރޭނުން ވަނީ ބުނެފަ އެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އެޑްވައިޒަރަކު ވިދާޅުވީ، އިންޓަނެޓްގެ ދުވެއްޔަށް މިފަދަ ހުރަސްތަކެއް ކުރިމަތިވުމަކީ އިއްތިފާގެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިއީ ޔޫކްރެއިނާއި އެމެރިކާއާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މަސްކް ބުނި ގޮތުގައި ސްޓާލިންކްގެ ދަށުން ހިންގާ އަސްކަރީ ބޭނުންތަކަށް ޚާއްސަ "ސްޓާޝީލްޑް" ޚިދުމަތް ކޮންޓްރޯލް ކުރަނީ އެމެރިކާ ސަރުކާރުންނެވެ. އަދި އިންޓަނެޓްގެ ދުވެއްޔަށް ނުވަތަ އެ ޚިދުމަތް ބޭނުންކުރެވޭނެ މިންވަރަށް ބަދަލު ގެނައުމުގެ ނިންމުންތައް ނިންމަނީ އެމެރިކާގެ އަސްކަރިއްޔާއިންނާއި އެންމެ ފަހު މަރުހަލާގައި އެމެރިކާގެ ރައީސް ކަމަށް ވެސް މަސްކް ބުންޏެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަސްކް މިހެން ބުނީ، އިންޓަނެޓްގެ ޚިދުމަތް އަލުން އިއާދަކޮށްދިނުމަށް އެދި ޔޫކްރޭނުގެ އޮފިޝަލުންނާއި ރައީސް ޒެލެންސްކީ ކުރެއްވި އިލްތިމާސްތަކަށް ޖަވާބު ދެއްވަމުންނެވެ. އިނގިރޭސި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ، މިއީ އޮޅުމަކުން ނުވަތަ ފަންނީ ބޮޑު މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ ހިދުމަތް އަލުން ދިނުމަށް އެދެމުންދާ ކަމަށެވެ.

މަސްކްގެ ސްޕޭސް އެކްސް ކުންފުނީގެ ދަށުން ހިންގާ ސްޓާލިންކުން އަންގާރަ ދުވަހުގެ ރޭ އިންޓަނެޓްގެ ދުވެލި ވަނީ ގަޑިއަކު 100 މޭލަށް (160 ކިލޯމީޓަރަށް) ލިމިޓްކޮށްފަ އެވެ. މީގެ މާނައަކީ އެއަށްވުރެ ބާރަށް ދަތުރުކުރާ އެއްވެސް ހަތިޔާރަކަށް އެ ނެޓްވޯކާ ގުޅުން ބޭއްވޭނެ ގޮތެއް ނޯންނާނެ އެވެ.

ޔޫކްރޭނުގެ ކުރީގެ ޑިފެންސް މިނިސްޓަރު މިޚައިލޯ ފެޑޮރޯވް ވިދާޅުވީ، ބުދަ ދުވަހުގެ އިރުއޮއްސުނުއިރު ޚިދުމަތުގެ ބައެއް އަލުން އިއާދަކޮށްފައިވާ ކަމަށެވެ.

"ޔޫކްރޭނުގެ ދިފާއަށްޓަކައި ސްޓާޝީލްޑްގެ ދުވެއްޔަށް ގެނެސްފައިވާ ހުރަސްތައް އެއްކޮށް އުވާލުމަކީ މިހާރު ވަރަށް މުހިންމު ކަމެއް،" އެލޮން މަސްކަށް ޝުކުރު އަދާކުރައްވައި އަދި އެހީތެރިކަން ދެއްވުމަށް އެދި ފެޑޮރޯވް އެކްސްގައި ލިޔުއްވާފައިވެ އެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން މަސްކް ވަނީ އެ ޕޯސްޓަށް ޖަވާބު ދެއްވައި، އޭނާގެ ކުންފުނީގެ ބައިވެރިވުމާ ގުޅޭ ގޮތުން ދިފާއުގައި ވާހަކަދައްކާފަ އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox