ހުރާ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއްގެ ކުލިން 6،000ރ. ކުޑަކޮށްފި

ހުރާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ހުރާގައި ކެފޭ/ރެސްޓޯރެންޓް ހިންގާ ހަތް ބިމެއްގެ ކުލި ކުޑަވާ ގޮތަށް އުސޫލު އިސްލާހުކޮށްފައި -- ފޮޓޯ: ހުރާ ކައުންސިލް

ހުރާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ހުރާގައި ކެފޭ/ރެސްޓޯރެންޓް ހިންގާ ހަތް ބިމެއްގެ ކުލި ކުޑަވާ ގޮތަށް އުސޫލު އިސްލާހުކޮށްފައި -- ފޮޓޯ: ހުރާ ކައުންސިލް

މާލެއަތޮޅު ހުރާ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއްގެ ކުލިން 6،000ރ. ކުޑަވާ ގޮތަށް އެ ކައުންސިލުގެ ހުސްބިންތަކުގައި "ގާޑިޔާ" ނުވަތަ "ގޮނޑި މޭޒު" ބަހައްޓައިގެން ވިޔަފާރިކުރުމާއި އެފަދަ ހިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލަށް އިސްލާހު ގެނެސްފި އެވެ. 

ޕީއެންސީގެ މެޖޯރިޓީ އޮތް ހުރާގެ އައު ކައުންސިލުން އުސޫލަށް ބަދަލު ގެނެސްފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ގޮތުން އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަން ކުރާނަމަ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 3ރ. ދައްކަން ޖެހޭ ގޮތަށެވެ.

ކުރިން އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަންކުރާނަމަ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 7ރ. ދައްކަން ޖެހެ އެވެ. 

Advertisement

އަދަދު އަށް އެނގިފައިވާ ގޮތުގައި ހުރާގައި  އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަން ކުރަން ކައުންސިލުން 1،500 އަކަފޫޓުގެ ހަތް ބިމެއް ވަނީ ދޫކޮށްފަ އެވެ. އެހެންކަމުން އެ ބިންތަކަށް ކުރިން 10،500ރ. ކުރިން ދެއްކި ނަމަވެސް، އުސޫލު ބަދަލުކުރުމުން އެ ބިންތަކަށް ދެން ދައްކަންޖެހޭނީ 4،500ރ. އެވެ. 

މީގެއިތުރުން ހުސްބިންތަކުގައި "ގާޑިޔާ" ނުވަތަ "ގޮނޑި މޭޒު" ބަހައްޓައިގެން ވިޔަފާރިކުރުމާއި އެފަދަ ހިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލު އައު ކައުންސިލުން އިސްލާހުކޮށް ބިންތަކަށް ހުއްދަ ދެވޭ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި، އިއުލާން ނުކޮށް ދެ އަހަރަށް މުއްދަތު އިތުރުކުރެވޭ ގޮތަށް ވަނީ ހަދާފަ އެވެ. 

ކުރިން ހުރާގައި މިފަދަ ބިންތައް ދޫކުރަމުންދިޔައީ އެއް އަހަރު ދުވަހަށް ކަމަށްވާއިރު، ކޮންމެ އަހަރެއް ނިމުމުން މުއްދަތު އިތުރުކުރަނީ އެކި ކަންކަމަށް ރިއާޔަތްކޮށް އިތުރުކުރާ ކޮންމެ އަހަރަކަށް ކުލިން އަކަފޫޓަކަށް 20 ލާރިއަށްވުރެ ކުޑަނުވާ ގޮތުގެ މަތިންނެވެ. 

ލޯކަލް ޓޫރިޒަމަށް ފައްކާވެފައި އޮތް ހުރާގައި ކެފޭ/ރެސްޓޯރެންޓް ހިންގާ ބިންތަކުގެ ކުލިން 6،000ރ. ކުޑަކުރަން ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ނިންމުމުން އެކަމާ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox