މައްސަލަތައް ނުނިމި ލަސްވަނީ އިންވެސްޓިގޭޓަރުން މަދުވުމުން: އިންޓަގްރިޓީ ކޮމިޝަން

Oct 13, 2026, 1:40 PM
އޮކްޓޯބަރު 12، 2026: މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ބައިވެރިވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

އޮކްޓޯބަރު 12، 2026: މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ބައިވެރިވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅިފައިވާ ގިނަ ދުވަސްވީ އެތަކެއް މައްސަލަތެއް ހުރި ކަމަށާއި އެ މައްސަލަތައް ނިންމުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ އިންވެސްޓިގޭޓަރުންގެ އަދަދު މަދުވުމުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރު ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 196 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރެއިން 160 މައްސަލައެއް ރެޖިސްޓްރީކޮށް ވަނީ ބަލަން ފަށާފަ އެވެ. 

"އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުންގެ އަދަދު، ނުވަ ކުދިން މިހާރު ތިބީ. އެއީ ލިބިފައި ތިބި މުވައްޒަފުންގެ އަދަދަކީ، މި އަހަރު ފެށުނުއިރު ތިބީ ހަތަރު އިންވެސްޓިގޭޓަރުން، އެއީ ވަރަށް ބޮޑު ޗެލެންޖެއް ބޭނުންވާ ސްޕީޑުގައި މައްސަލަތައް ކުރިއަށްގެންދަން،" އެ ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޝަރީފް ވިދާޅުވި އެވެ. 

ކޮމިޝަނަށް ހުށަހެޅި ގޮތެއް ނުނިމި އޮތް ވަރަށް ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ މައްސަލަތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާ ކަމަށް އެންއައިސީން ވަނީ ބުނެފަ އެވެ. މައްސަލަތައް ނިމެމުންދާ ވަރަކަށް ކުރިއަށް އޮތްތަނުގައި ހުށަހެޅޭ މައްސަލަތައް ވެސަް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެންއައިސީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ 87 ޕަސެންޓަކީ ފުލުހުންނާ ދެކޮޅަށް ހުށަހެޅުނު މައްސަލަ އެވެ. ދެން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނި ޖަލުތައް ބަލަހައްޓާ ކަރެކްޝަންސްއާ ދެކޮޅަށެވެ. 

އިންޓެގްރިޓީ ކޮމިޝަނަށް މިދިޔަ އަހަރު ހުށަހެޅި 196 މައްސަލައިގެ ތެރެއިން 81 ޕަސެންޓު މައްސަލަ ހުށަހެޅީ އާންމުންނެވެ. ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް 10 ޕަސެންޓު މައްސަލަ ބަލަން ވަނީ ފަށާފަ އެވެ. 

އެންއައިސީ އަކީ ރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ކޮމިޝަނެވެ.

އެގޮތުން ފުލުުހުންނާއި ކަސްޓަމްސް އާއި ޕްރިޒަންސްގެ އިތުރުން އިމިގްރޭޝަނާ ގުޅޭ އިންޓެގްރިޓީގެ ހުރިހާ މައްސަލައެއް ބަލާނީ އެންއައިސީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox