އެމެރިކާގައި ލީތަލް އިންޖެކްޝަނާ މެދު ކަންބޮޑުވުން އުފެދިފައި ވަނިކޮށް މީހަކަށް މަރުގެ އަދަބު ދީފި

Oct 9, 2026, 8:29 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ކްރިސްޓާ ޕައިކް މަރަން މިދިޔަ ހަފުތާގައި ކުރި މަސައްކަތް ނާކާމިޔާބުވި ފަހުން، ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ޓެކްސަަސްގައި މަރުގެ ހުކުމެއް ތަންފީޒުކޮށްފި އެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 46 އަހަރުގެ ޖަމާލް ހޮވާޑްގެ ވަކީލުން ވަނީ މިދިޔަ ހަފުތާގައި ޕައިކްގެ ގަޔަށް އިންޖެކްޝަން ޖެހުމުގައި ދިމާވި މައްސަލަތަކަށް ރިއާޔަތްކޮށް، ހޮވާޑްގެ މަރުގެ އަދަބު ތަންފީޒުކުރުން ފަސްކޮށްދިނުމަށް ފަނޑިޔާރެއްގެ ކިބައިން އެދިފަ އެވެ.

ނަމަވެސް ކޯޓުތަކުން އެ އެދުމަށް އިންކާރުކުރުމާ ގުޅިގެން، ހަންޓްސްވިލްގައި ހުންނަ ސްޓޭޓް ޖަލުގައި އޭނާގެ ގަޔަށް ވަނީ "ޕެންޓޯބާބިޓަލް" ގެ ނުރައްކާތެރި ޑޯޒެއް ޖަހައި މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. 

ހޮވާޑްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2000 ވަނަ އަހަރު ފިހާރައެއް ފޭރުމުގެ ތެރޭގައި އެތަނުގެ މުވައްޒަފަކު މަރާލި މައްސަލައިގަ އެވެ.

އޭނާގެ ވަކީލުން ބުނަމުންދިޔައީ، ޕައިކް މަރަން ބޭނުންކުރި "ޕެންޓޯބާބިޓަލް" ނަމަކަށް ކިޔާ ބޭސް ހޮވާޑްގެ ގަޔަށް ޖަހަން ޓެކްސަސްއިން ނިންމާފައިވާތީ، ޕައިކްއަށް ކުރިމަތިވި ފަދަ ނުރައްކާތަކެއް އޭނާއަށް ވެސް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން، ޕައިކްގެ ވަކީލުން ވެސް ފާހަގަކޮށްފައިވާ ފަދައިން، ޓެކްސަސްގައި ހުރި އެ ބޭހުގެ ކޮލިޓީ ދަށްވެފައިވާ ކަމަށް ހޮވާޑްގެ ވަކީލުން ތުހުމަތުކުރި އެވެ.

ކޯޓުން ދެ ފަހަރެއްގެ މަތިން އެ އިލްތިމާސްތައް ބޭރުކޮށްލާފައިވާއިރު، އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް ވަނީ ބުދަ ދުވަހުގެ ރޭ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ޓެކްސަސްގެ ފިހާރައެއްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 42 އަހަރުގެ ވިކީ ސްވާޓައުޓްގެ ގަޔަށް ބަޑިޖަހައި މަރާލިއިރު ހޮވާޑްގެ އުމުރަކީ 20 އަހަރެވެ. އެ ހާދިސާގައި އޭނާ ވަނީ ފިހާރައިގެ ވަތްގަނޑުން 114 ޑޮލަރާއި ސިނގިރޭޓް ކާޓަންއެއް ފޭރިގެންފަ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމުން ހޮވާޑް ވަނީ ވިކީ ސްވާޓައުޓްގެ އާއިލާގެ ކިބައިން މައާފަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox