ސްޓޫޑެންޓް ލޯނަށް ފޯމު ހުށަހަޅާ ދަރިވަރުންނަށް ޒެޑެކްސްއިން މައުލޫމާތު ސެޝަނެއް މިރޭ ބާއްވަނީ

Apr 7, 2026, 1:28 PM
ޒެޑެކްސް އިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

ޒެޑެކްސް އިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމުގައި ފާހަގަކޮށްލެވޭ ޒެޑެކްސް ސްޓަޑީ އެބްރޯޑުން، ސަރުކާރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ހޮޓެލް ޖެންގައި ބޭއްވުމަށް ނިންމައިފި އެވެ.

ޒެޑެކްސް އިން ބުނީ މިރޭ 20:30 ގައި ބާއްވާ މި ސެޝަން އަމާޒުކޮށްފައިވަނީ ލޯނަށް ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކާއި އޮޅުންބޮޅުންތައް ހައްލުކޮށްދީ، އިތުރު އިތުބާރާއެކު ކުރިމަތިލުމަށް މަގުފަހިކޮށްދިނުމަށެވެ.

މި ސެޝަނުގައި ލޯނަށް އެދި ހުށަހަޅާނެ ގޮތުގެ ފުރިހަމަ އިރުޝާދާއި، ބޭނުންވާ ލިޔެކިޔުންތަކާއި، ޝަރުތުތަކުގެ އިތުރުން ފޯމު ހުށަހެޅުމުގައި އާންމުކޮށް ހެދޭ ގޯސްތަކާ ބެހޭގޮތުން ތަފްސީލީ މައުލޫމާތު ދީ، މަތީ ތައުލީމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

Advertisement

ރާއްޖޭގެ ގިނަ އަދަދެއްގެ ހުނަރުވެރި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ގެއްލެނީ ލޯނަށް އެދި ހުށަހަޅާނެ ގޮތް ރަނގަޅަށް އޮޅުންނުފިލާތީކަން ފާހަގަކޮށް ޒެޑެކްސް އިން ބުނީ މި ސެޝަނުގެ މައިގަނޑު މަގުސަދަކީ އެފަދަ ހުރަސްތައް ނައްތާލައި، ދަރިވަރުންނަށް ފަސޭހަކަމާއެކު ފޯމު ހުށަހެޅުމުގެ މަގު ދައްކައިދިނުން ކަމަށެވެ. 

މި ސެޝަނަކީ ގްރޭޑް 12 ނިންމާފައިވާ ދަރިވަރުންނާއި، ރާއްޖޭން ބޭރުގައި ކިޔެވުމަށް ތައްޔާރުވަމުންދާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށްވެސް ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޒެޑެކްސް އިން ބުންޏެވެ.

މި ސެޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޒެޑެކްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު، 9902788 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން އެދެ އެވެ. 

މި ސެޝަނުގައި ބައިވެރިވެވޭނީ ވަކި އަދަދެއްގެ ދަރިވަރުންނަށް ކަމަށްވާތީ، ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުގައި ހިންގި ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ހާއްސަކޮށް މެލޭޝިއާ ފަދަ ގައުމުތަކުގެ މޮޅު ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި، ވިސާގެ ކަންކަމާއި، ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ފަހުގެ ޚަބަރު

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

"އިލީ ޑޭ" ފާހަގަކޮށް "ގޯލްޑަން އަވާ ސީރީޒް" ތައާރަފުކޮށްފި

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން ސިމްޑީ ގްރޫޕުން "އިލީ ޑޭ" ކުލަގަދަކޮށް ފާހަގަކޮށް، އިލީ ކޮފީގެ އާ ފަސް ރަހައެއް ހިމެނޭ "ގޯލްޑަން އަވާ ސީރީޒް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މި ހަފުލާގައި މި ބުއިންތައް ތައްޔާރުކުރާނެ ގޮތުގެ މާސްޓަރކްލާހެއް ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ރާއްޖޭގެ މަގުބޫލު ކެފޭތަކާއި ރެސްޓޯރެންޓްތަކުން މި އާ ރަހަތައް ލިބެން ހުންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox