އިންޑިއާ އާއި ނޭޕާލަށް ބޯކޮށް ވާރޭވެހި 19 މީހުން މަރުވެއްޖެ

Sep 27, 2026, 3:01 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ބައެއް ސަރަހައްދުތަކަށާއި އަވަށްޓެރި ނޭޕާލަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަދުވެގެން 19 މީހުން މަރުވެއްޖެ އެވެ.

ކޯރުތަކުގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް އުފުލިފައިވާ މި ހާދިސާތަކުގައި 10 މަސައްކަތްތެރިއަކު ގެއްލިފައިވާ ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި އެ ސްޓޭޓުން 15 މީހުން މަރުވެ، ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މީގެ އިތުރުން މޫސުމީ ހާދިސާތަކުގައި 117 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

Advertisement

އުއްތަރު ޕްރަދޭޝްގެ 63 ޑިސްޓްރިކްޓަކަށް ބޯކޮށް ވާރޭވެހި ތޫފާނުގެ އަސަރުކޮށްފައިވާއިރު، ހޮނިހިރު ދުވަހާ ހަމައަށް ހިނގައިދިޔަ 24 ގަޑިއިރު ތެރޭގައި އެ ސްޓޭޓަށް ވަނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ 19 ގުނަ އިތުރަށް ވާރޭވެހިފަ އެވެ.

ނޭޕާލުގެ ބަގްލަންގް ޑިސްޓްރިކްޓްގެ ނިޝީ ޚޯލާ އަވަށުގައި މީހުން ނިދާފައި ތިއްބާ ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ފަސްގަނޑު ފޭބުމުގެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ޑިސްޓްރިކްޓްގެ އެންމެ އިސް އޮފިޝަލް ކްރިޝްނާ ޕްރަސާދު އަޗާރިޔާ ވިދާޅުވި އެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެ އެވެ.

ނޭޕާލުގެ އުތުރުގައި އޮންނަ މަނަންގް ޑިސްޓްރިކްޓްގައި ހުންނަ 7،126 މީޓަރު އުސް ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕަށް ސުނޯ ފޭބުމުގެ ހާދިސާއެއްގައި ނޭޕާލުގެ 10 މަސައްކަތްތެރިއަކު ގެއްލިފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

މި މަސައްކަތްތެރިންނަކީ ބޭރުގެ ފަރުބަދައަށް އަރާ މީހުންނަށް ފޭލިގެ ޖެހުމުގެ މަސައްކަތުގައި އުޅުނު ބައެއް ކަމަށާއި، މި ހާދިސާ ހިނގިއިރު ބޭރުގެ ފަރުބަދައަށް އަރާ މީހުން އެ ސަރަހައްދުގައި ނެތް ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ނޭޕާލުގެ ބޮޑެތި ކޯރުތަކާއި ކޯރުތަކަށް ގުޅިފައިވާ ކުދި ކޯރުތަކުގެ ފެންގަނޑު މަތިވަމުންދާތީ، އެ ގައުމުގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ސަރަހައްދެއްގައި ކުއްލި ފެންބޮޑުވުމުގެ ބިރު އޮތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފަ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސަރަހައްދުތަކަށް ބޮޑަށް ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox