ދަރަނި ދެއްކިޔަސް، އަސާސީ މުދާ އެތެރެކުރަން ދައްޗެއް ނެތް: ފިނޭންސް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ރިޒާވު ދަށް ވިޔަސް ދައްޗެއް ނެތް ކަމަށް ބުނި --- ފޮޓޯ: މިރާޝް ނާޝީމް/އަދަދު

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ރިޒާވު ދަށް ވިޔަސް ދައްޗެއް ނެތް ކަމަށް ބުނި --- ފޮޓޯ: މިރާޝް ނާޝީމް/އަދަދު

އިންޑިއާއަށް ދައްކަން ޖެހޭ ދަރަންޏެއް ދެއްކުމާ ގުޅިގެން އަސާސީ މުދާ އެތެރެކުރާނެ ފައިސާ ނެތް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެ ބާވަތްތަކުގެ މުދާ އެތެރެކުރަން އެއްވެސް ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ޔަގީންކަން ދީފި އެވެ. 

ފިނޭންސުން މިހެން ބުނީ މި ލޯނު ދައްކާފައި ބޭނުންކުރެވޭ ރިޒާވުގައި އަސާސީ މުދާ އެތެރެކުރާނެ ފައިސާ ވެސް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަޝީދު އިއްޔެ ވިދާޅުވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކާފައި ބޭނުންކުރެވޭ ރިޒާވުގައި ތެލާއި ބޭހާއި ކާޑު އެތެރެކުރާނެ ފައިސާ ނުހުންނާނެ ކަމަށެވެ. 

އެސްބީއައިގެ ދަރަނި ދެއްކިކަން ހާމަކޮށް ފިނޭންސުން ނެރުނު ނޫސް ބަޔާނުގައި ބުނީ، ތެލާއި ކާބޯތަކެތީގެ ބާވަތްތަކާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަަރޫރީ ތަކެތި އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ފަދަ އަސާސީ ހިދުމަތްތަކައި މުދާ މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ކަމުގައި ދަންނަވަން" ފިނޭންސުން ބުންޏެވެ. 

ފިނޭންސުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދަރަނި ދެއްކުމަށް ޓަކައި ދުރާލާ ތައްޔާރުވެ، ކަނޑައެޅިފައިވާ ވަގުތަށް ދަރަނި ދައްކައި ހަލާސްކުރަމުން އަންނާނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ރިޒާވު ވަރަގަދަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ރައްކާތެރިކޮށްދިނުމުގެ ގޮތުްނ ސަރުކާރުން ބައިނަލްއަގުވާމީ އެކި މާލީ އިދާރާތަކާއި ރާއްޖެއަށް އެހީދޭ އެކި ޖަމާއަތްތަކާއެކު ފާއިތުވި ދުވަސްްތަކުގައި މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ފިނޭންސުން ބުންޏެވެ. އަދި، މި މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު، ޖުމްލަ ރިޒާވުގައި ހުރީ 643 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގައި ހުރީ 200 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox