ސްޕެއިންގެ ބޯހިޔާވަހިކަމުގެ މައްސަލައާ ހެދި އެތައް ހާސް ބަޔަކު މަގުތަކަށް

Oct 4, 2026, 6:27 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސްޕެއިންގެ ސަރުކާރުން ހުށަހެޅި ބޯހިޔާވަހިކަމުގެ އިސްލާހުތައް އިދިކޮޅު ފަރާތްތަކުން ބޭރުކޮށްލުމާ ގުޅިގެން، އެ ގައުމަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު މެޑްރިޑާއި ސްޕެއިންގެ އެހެން ސިޓީތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

މެޑްރިޑުގައި ދިރިއުޅޭ އުމުރުން 87 އަހަރުގެ އަންހެނަކު އޭނާ ދިރިއުޅޭ ގެއިން ނެރުނު މައްސަލަ އާއި ބޯހިޔާވަހިކަމުގެ އެހެނިހެން މައްސަލަތަކާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމަށް ހައްލެއް ހޯދުމަށް ސަރުކާރުން އެކުލަވާލި ބިލު ހުކުރު ދުވަހު ޕާލަމެންޓުން ބޭރުކޮށްލުމާ ގުޅިގެން، މުޒާހަރާގެ ބައިވެރިން ވަނީ ގައުމީ ފެންވަރުގައި ހަޅުތާލެއް ކުރުމަށް ގޮވާލާ ބޯޑުތައް އުފުލާފަ އެވެ.

މެޑްރިޑުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި އުމުރުން 26 އަހަރުގެ ނަންޑޯ ޑި އަންގޫލޯ ބުނީ މިއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި މިއިން ދޭހަވަނީ ސިޔާސީ ޕާޓީތަކުން ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުކުރުމުގެ ބަދަލުގައި، ރައްޔިތުން ސިޔާސީ ޕާޓީތަކަށް ދޫދޭން ޖެހޭކަން ކަމަށާއި، މިގޮތަށް މިކަން ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ބުންޏެވެ.

ބޯހިޔާވަހިކަމުގެ ބިލު ފާސްނުވުމާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަންނަ ނޮވެމްބަރު މަހު އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލެއްވުން އެކަށީގެންވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ހުކުރު ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އިންތިޚާބާ މެދު ގޮތެއް ނިންމެވުމުގެ ކުރިން ހޮނިހިރު ދުވަހުގެ މުޒާހަރާތަކުގެ ވަރުގަދަކަން ބޮޑުވަޒީރު ބައްލަވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މި ރިޕޯޓުތަކާ ގުޅޭ ގޮތުން ބޮޑުވަޒީރު ސަންޗޭޒްގެ އޮފީހުން އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ.

ސްޕެއިންގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ވެލެންސިއާގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

ވެލެންސިއާގެ މަޝްހޫރު ސަގާފީ ބިނާއެއް ކަމަށްވާ "ސިޓީ އޮފް އާޓްސް އެންޑް ސައިންސަސް" އިމާރާތުގެ ތެރެއަށް މުޒާހަރާގެ 30 އެއްހާ ބައިވެރިން ވަދެގަތް ނަމަވެސް، ފުލުހުން ވަނީ އެމީހުން އެތަނުން ނެރެފަ އެވެ. ސްޕެއިންގެ އެހެން 50 ސިޓީއެއްގައި ކުރިއަށްދިޔަ މުޒާހަރާތައް ނިމިގެންދިޔައީ ސުލްހަވެރިކަމާއެކުގަ އެވެ.

ހޮނިހިރު ދުވަހު މެޑްރިޑުގައި ކުރިއަށްދިޔަ މުޒާހަރާގައި ގާތްގަނޑަކަށް 70،000 މީހުން ބައިވެރިވި ކަމަށް ސްޕެއިންގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

އާ ގާނޫނަކާ ދެކޮޅަށް އިންޑިއާ ނޫސްތައް ކޯޓަށް

އިންޑިއާގައި އަލަށް އެކުލަވާލި އަމިއްލަ މިނިވަންކަމާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމަށް ހުރަސްއެޅޭ ކަމަށް ބުނެ، އެ ގައުމުގެ 21 މީޑިއާ އިދާރާއަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަނީ ޚަބަރުގައި ހިމެނޭ ފަރާތްތަކުގެ ހުއްދަ ހޯދަން މަޖުބޫރުވުމަކީ ނޫސްތައް ސެންސަރުކޮށް، ތަހުގީގީ ނޫސްވެރިކަން ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކަމަށް ބުނެއެވެ.

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox