ފްލައިދުބާއީގެ ކޯ-ޕައިލެޓް އުޅުނީ ކެޕްޓަނަށް ވަޅިން ހަމަލާދީ ބޯޓު ވައްޓާލަން: އިޒްރޭލް

Oct 1, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޓެއްގެ ކޯ-ޕައިލެޓް، އެ ބޯޓުގެ ކެޕްޓަނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމަށް ފަހު ބޯޓު ވައްޓާލަން މަސައްކަތް ކޮށްފި ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުދަ ދުވަހު ހާމަކޮށްފި އެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގެ ފަސިންޖަރުން ނުކުމެ ކޯ-ޕައިލެޓް ކޮންޓްރޯލް ކުރިއިރު، ބޯޓުގައި ތިބި އެހެން ޕައިލެޓުން ވަނީ ބޯޓު ސައުދީ އަރަބިއްޔާއަށް ރައްކާތެރިކަމާއެކު ޖައްސާފަ އެވެ.

މިއީ ސަލާމަތީ ގޮތުން ހިނގި ވަރަށް ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވަމުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ އެފް.ޒެޑް 1073 ފްލައިޓުގެ ކޯ-ޕައިލެޓާ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ސުވާލުކުރާނެ ކަމަށެވެ. މި ބޯޓުގައި އިޒްރޭލުގެ 170 އަށްވުރެ ގިނަ ރައްޔިތުން ތިއްބެވެ.

ފްލައިދުބާއީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެހެންކަމުން މިކަމާ ގުޅޭގޮތުން ދުރާލާ ގޮތް ނިންމުމާ މެދު އިންޒާރު ދޭ ކަމަށެވެ. ދެ ޕައިލެޓުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ އަސްލު ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އިޒްރޭލުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ބޯޓުގެ ކޯ-ޕައިލެޓަކީ އޮމާންގެ ރައްޔިތެކެވެ. ބޯޓު ސައުދީއަށް ޖެއްސުމާއެކު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ނަތަންޔާހޫ ބުންޏެވެ. އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހާދިސާ ތަހުގީގު ކުރުމަށް އެ ގައުމުގެ ދިފާއީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަތަންޔާހޫގެ އޮފީހުން އާންމުކުރި ވީޑިއޯ ބަޔާނެއްގައި އޭނާ ބުނީ ހުރިހާ ފަސިންޖަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެންމެންވެސް ތިބީ ރައްކާތެރިކަމާއެކު ކަމަށެވެ. މީގެ އިތުރުން، އިޒްރޭލަށް ދަތުރުކުރާ އެ ގައުމުގެ އެއާލައިންތަކާއި ބޭރުގެ އެއާލައިންތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްވެސް ބޮޑުވަޒީރު ވަނީ އަންގާފަ އެވެ.

ސައުދީ އަރަބިއްޔާގައި އަށް ގަޑިއިރު މަޑުކުރުމަށްފަހު، ފަސިންޖަރުން އިޒްރޭލަށް ދަތުރުކުރީ ފްލައިދުބާއީން ފޮނުވި އެހެން ބޯޓެއްގަ އެވެ.

ބޯޓުގެ ފަސިންޖަރަކާ ހަވާލާދީ ނަތަންޔާހޫ ބުނީ، ބޯޓު ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި ތިރިއަށް މިސްރާބު ޖެހުމާއެކު، ފަސިންޖަރުންނާއި ކްރޫ މެންބަރަކު ބޯޓުގެ ކޮކްޕިޓްގެ ދޮރު ވައްޓާލާފައި އެތެރެއަށް ވަން ކަމަށެވެ. އެމީހުން އެތެރެއަށް ވަންއިރު، ކޯ-ޕައިލެޓް ދިޔައީ ބޯޓުގެ ސިސްޓަމްތަކަށް ގެއްލުންދީ ބޯޓު ވައްޓާލަން މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ.

ބޯޓު ދަތުރުކުރާ މަގު ބަލާ "ފްލައިޓްރޭޑާ24" ވެބްސައިޓުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ ހެނދުނު ބޯޓުން ފުރަތަމަ އިމަޖެންސީ ސިގްނަލް ފޮނުވުމުގެ ކުރިން، 30 ސިކުންތަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވަނީ ކުއްލިއަކަށް 14،000 ފޫޓަށް ވުރެ ބޮޑަށް ތިރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox