ކިރްގިސްތާނަކީ މި ވަގުތު ރާއްޖޭގެ ލެވަލެއް ނޫން: އުރްބާނީ

Sep 28, 2026, 9:14 PM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ,---- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ,---- ފޮޓޯ: އަދަދު ސްޕޯޓްސް

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިރޭ ކިރްގިސްތާން އަތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 5-0 އިން ބަލިވިއިރު، މި ވަގުތު ކިރްގިސްތާނަކީ ރާއްޖެ އަށް ވުރެން ފުޓްބޯޅައިގެ ގޮތުން މަތީ ލެވަލެއްގެ ގައުމެއް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފައި މި ވަނީ 29 އަހަރަށް ފަހު އެވެ. އަނެއްކޮޅުން، މިއީ ކިރްގިސްތާނާއި ރާއްޖޭން 12 އަހަރަށް ފަހު، އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ކިރްގިސްތާން އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު، އޭގެ ކުރިން، 2011 ވަނަ އަަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އެވެ. އެންމެ ފުރަތަމަ މި ދެ ގައުމު ކުޅުނު މެޗުތަކަށް ބަލާއިރު، 1997 ވަނަ އަހަރުގެ ޖޫން މަހު، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން ކިރްގިސްތާން ވަނީ 3-0 އާއި 6-0 އިން މޮޅުވެފަ އެވެ. 

ކިރްގިސްތާނުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިކޮށްފި

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ކިރްގިސްތާނުން 5-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައިވަނީ 29 އަހަރަށް ފަހުގައި މެޗުގެ ފުރަތަމަ ހާފުގައި ކިރްގިސްތާނުން ފަސް ލަނޑު ޖެހިއިރު، މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ ފަހަރު

މެޗަށް ފަހު މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެމުން އުރްބާނީ ބުނީ، ފުރަތަމަ ހާފުގައި ފަސް ގޯލުން ބަލިވެފައި އޮންނައިރު، ޓީމަކަށް ކޯޗުކޮށްދޭން ޖެހުމަކީ އެއްވެސް ކޯޗަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު، ބަދަލުތަކާ އެކު ދެ ވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި ކަމަށާއި ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލި ކަމަށް އުރްބާނީ ފާހަގަކުރި އެވެ. 

"ކިރްގިސްތާނަކީ މި ވަގުތު ފުޓްބޯޅައިގައި އަހަރެމެން މި އޮތް ލެވަލަށް ވުރެން މަތީ ގައުމެއް. އެ މީހުން މިހާރު އެ ތައްޔާރުވަނީ އޭއެފްސީ މުބާރާތަށް (އޭޝިއަން ކަޕަށް)،" ޖެނުއަރީ އޮތް އޭޝިއަން ކަޕަށް ކިރްގިސްތާން ތައްޔާރުވަމުން އައުމަށް އިޝާރާތްކޮށް އުރްބާނީ ބުންޏެވެ. 

ކިރްގިސްތާން ޓީމުގެ ކޯޗު، އުރްމަޓް އަބްދުކައިމޯވް އަކީ ކުރިން އެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާއާ 2028 ގެ ނިޔަލަށް ކޮންޓްރެކްޓް ހަދައި މިދިޔަ މަހު ޓީމު ހަވާލުކުރިއިރު، އެ ޓީމުން ޕްރެކްޓިސް ފެށީ މީގެ ހަފްތާއެއް ކުރިންނެވެ. 

އުރްބާނީ ބުނީ، ރާއްޖޭން މީގެ ހަތަރު ދުވަސް ކުރިން ޗައިނާ އަތުން 3-0 އިން ބަލިވި މެޗާއި މިރޭގެ މެޗުގައި ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަަަމަށާއި ބޭނުމަކީ މި ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުކުރުން ކަމަށެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި އުރްބާނީ ހަވާލުވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ އެކުގަ އެވެ. އެ ގޮތުން، އުރްބާނީ ބުނީ، ޗައިނާ އާއި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުތައް ފަދަ ވަރުގަދަ މެޗުތައް ގިނައިން ކުޅުން ރާއްޖެ އަށް ރަނގަޅު ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ލެބަނަންއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުގައި ވެސް ކުޅުންތެރިން ދަސްކުރަން ފުރުސަތުތަކެއް ލިބޭނެ ކަމަށެެވެ. 

ރާއްޖޭން މި ތައްޔާރުވަނީ، ނޮވެމްބަރު މަހު، އޮތް ސާފް ޗެމްޕިއަންޝިޕަށް ކަމަށާއި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އާއި ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭއިރު، ޓީމުގައި ތިބި ކުޅުންތެރިންގެ ގިނަ ކަންކަން ދަސްވާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެެވެ. 

ކިރްގިސްތާން އަތުން މިރޭ ރާއްޖެ ބަލިވި މެޗުގައި ކުޅުންތެރިން އަތުން ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި ކަންކަން ރަނގަޅުކުރެވޭނީ ވެސް އެ ގޮތަށް ދިމާވާ ހާލަތްތަކުން އަރައިގަނެގެން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

ބާރަ އަހަރަށް ފަހު، ރާއްޖޭގެ ކޯޗުކަމާ އަލުން ހަވާލުވެ އުރްބާނީ މި ވަނީ މިހާތަނަށް ގައުމީ ސީނިއާ ޓީމާއި 20 އަހަރުން ދަށުގެ ޓީމާ އެކު، ޖުމްލަ ނުވަ މެޗު ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ. މޮޅުވީ، މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ އަތުންނެވެ. ފަސް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox