ކިރްގިސްތާނުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިކޮށްފި

Sep 28, 2026, 8:57 PM
ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކިރްގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކިރްގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ކިރްގިސްތާނުން އަމިއްލަ ގައުމުގައި ކުޅެ، 5-0 ގެ ނަތީޖާ އަކުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިކޮށްފި އެވެ. 

ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފައި މި ވަނީ 29 އަހަރަށް ފަހު އެވެ. އަނެއްކޮޅުން، މިއީ ކިރްގިސްތާނާއި ރާއްޖޭން 12 އަހަރަށް ފަހު، އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ކިރްގިސްތާން އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު، އޭގެ ކުރިން، 2011 ވަނަ އަަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އެވެ.

އެންމެ ފުރަތަމަ މި ދެ ގައުމު ކުޅުނު މެޗުތަކަށް ބަލާއިރު، 1997 ވަނަ އަހަރުގެ ޖޫން މަހު، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން ކިރްގިސްތާން ވަނީ 3-0 އާއި 6-0 އިން މޮޅުވެފަ އެވެ. 

މިރޭގެ މެޗަށް ރާއްޖޭން ނުކުތީ، މީގެ ހަތަރު ދުވަސް ކުރިން ޗައިނާ އަތުން 3-0 އިން ބަލިވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. 

ކިރްގިސްތާނުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލުގެ ލީޑެއް ނަގައިފަ އެވެ.  މެޗުގައި އެ ޓީމުން ޖެހި ހުރިހާ ލަނޑެއް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. 

ކިރްގިސްތާނުން ޖެހި ފުރަތަަމަ ގޯލަކީ ރާއްޖޭގެ އޭރިއާތެރެއިން، 10 ވަނަ މިނިޓްގައި ކިރްގިސްތާންގެ އަޓަބައޭވް އެރްބޯލް ޖެހި ލަނޑެކެވެ. މިއީ، ކިރްގިސްތާން އަށް ކުޅޭ ގާނާ އަށް އުފަން ފޯވާޑް، ޖޮއެލް ކޯޖޯ ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ފައިގައި ޖެހިފައި، ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ސާފުކޮށްލަން އުޅުނު ބޯޅަ ގޯލު ރޮނގުމަތިން އަޓަބައޭވް ވަނީ ގޯލަށް ވައްދާލައިފަ އެވެ. 

ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކިރްގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ
ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކިރްގިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކިރްގިސްތާން އެފްއޭ

މެޗުގެ 19 ވަަނަ މިނިޓްގައި ރާއްޖޭން ޖެހި ދެ ވަނަ ލަނޑަކީ ރާއްޖޭގެ ކީޕަރު ހުސެން އަތުން ހެދުނު ގޯހަކުން ޖެހި ގޯލެކެވެ. އޭރިއާތެރެއިން ކިރްގިސްތާންގެ އަސްތަނަކުލޯވް ޝިރޯޒުދީން ފޮނުވާލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ހުސެން އަތްތެރެއިން ވަނީ ގޯލަށެވެ.  އޭގެ ތިން މިނިޓް ފަހުން، ރާއްޖޭގެ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ތިރިތިރިން ގޯލަށް ވައްދާލައި، އަޓަބައޭވް ވަނީ ކިރްގިސްތާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި، ކިރްގިސްތާނުން ހަތަރު ވަނަ ލަނޑު ޖެހީ ތިން ވަނަ ލަނޑު ޖެހި ކަހަލަ ގޮތަކަށް، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، މުރްޒަކޯވް ވަލެރީ އެވެ. 

ރާއްޖެ އަށް ލިބުނު ޖެހުމަކަށް އަރައި، ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކިރްގިސްތާނުން ޖެހި ފަސް ވަނަ ލަނޑަކީ އެންޑީ އަށް ހެދުނު ގޯހަކުން، ކޯޖޯ ޖެހި ލަނޑެކެވެ. ރާއްޖޭގެ ފުލްބެކް، ހައިޝަމް ހަސަން (ބިޑި) ފަހަތަށް ދިން ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އެންޑީ ފައިދަށުން ދިޔަ ބޯޅައެއް އޭރިއާތެރެއިން ހޯދައި، ކޯޖޯ ވަނީ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ފުރަތަމަ ހާފުގެ ފަހުކޮޅުގައި، ކިރްގިސްތާން އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، މުރްޒަކޯވް ވަނީ ރާއްޖޭގެ ފޯވާޑް މުޒްދާން ހަސަން އަށް ހުރަސް އަޅައިފަ އެވެ. އެކަމަކު، ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. 

ރާއްޖޭން ދެ ވަަނަ ހާފަށް ނުކުތީ ހަަތަރު ބަދަލަކާ އެކު އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ ފާސިރު (ސެންޓޭ)، އަހުމަދު މާއިޝް ރަޝީދު އަދި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވަނީ ކުޅެން އަރުވައިފަ އެވެ. 

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކިރްގިސްތާނުން ފޮނުވާލި ހަމަލާތަކެއް ރާއްޖޭގެ ކީޕަރު، ހުސެން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ރާއްޖޭގެ ސެންޓޭ، ކިރްގިސްތާން އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ކިރްގިސްތާންގެ ޝުކުރޯވް އަލިމަރްޑޯން ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ބޭރަށް ދިޔައީ ރާއްޖޭގެ ކެޕްޓަން، ސަމުއްޓެ ފައިގައި ޖެހިފަ އެވެ.  

ރާއްޖެ އަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު، ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox