ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު ޗައިނާ އިން ރާއްޖެ އަތުން މޮޅުވެއްޖެ

Sep 24, 2026, 6:30 PM
ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން: ވަން ޒިމިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން: ވަން ޒިމިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ހުރިހާ ލަނޑުތަކެއް ޖަހައި، ޗައިނާ އިން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި 3-0 އިން ރާއްޖެ އަތުން މޮޅުވެއްޖެ އެވެ. 

މިއީ، 2021 ވަނަ އަހަރުގެ ފަހުން ޗައިނާއާ ދެކޮޅަށް ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، ޗައިނާ ސްކޮޑު ބޮޑުތަނުން ބަދަލުވެފައިވާއިރު، ރާއްޖޭން މި މެޗަށް ނެރުނު ސްކޮޑުގައި ވެސް އާންމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިންނަށް ކޯޗު، އިސްތަވާން އުރްބާނީ ވަނީ ފުރުސަތު ދީފަ އެވެ. 

އެ ގޮތުން، މި މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނުނީ، ކީޕަރު ހުސެއިން ޝަރީފް (ހުސެން)، ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ)، އަމްދާން އަލީ (އެންޑީ)، ހަސަން އީނާޒް (ބަކާ)، އަހުމަދު އައިހަމް (އައިހު)، ހައިޝަމް ހަސަން (ބިޑި)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް އައިސަމް، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، އަހުމަދު އައިހަމް (ފަތޯ) އަދި މުޒްދާން ހަސަން އެވެ. މިއީ، ސީނިއާ ގައުމީ ޓީމުގެ މެޗެއްގެ ފުރަތަަމަ އެގާރައިގައި ހިމެނިގެން ލޫތު އާއި މުޒްދާން ކުޅުނު ފުރަތަމަ މެޗެވެ. 

ޗޮންގްޗުން ލޮންގްޝިން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި، ރާއްޖޭގެ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، ޗައިނާ އިން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިރު، އޭރިއާތެރެއަށް ނެގި ހުރަސްތަކުގައި ރާއްޖޭގެ ކީޕަރު، ހުސެން ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ ދިފާއުކުުރި އެވެ. އަދި، ސެންޓްރަަލް ޑިފެންޑަރުންގެ ގޮތުގައި އެކުގައި، މަސައްކަތްކޮށް އީނާޒް، ސަމުއްޓެ އަދި އެންޑީ ވެސް ރަނގަޅު މަސައްކަތެއް ފުރަތަަމަ ހާފުގައި ކުރި އެވެ. 

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން.
ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން.

ޗައިނާގެ ކެޕްޓަން، ވެއި ޝިހާއޯ ފޮނުވާލި ޝޮޓެއް ގޯލާ ސީދާނުވެ ދިޔައިރު، އެ ޓީމުގެ ފޯވާޑް، ވަން ޒިމިން ފޮނުވާލި ހަމަލާއެއް ކީޕަރު ހުސެން ވަނީ އަތަށް ނަގައިފަ އެވެ. ރާއްޖޭގެ އައިހަމް އަށް ފުރަތަަމަ ހާފުގައި ގޯލަށް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ރަނގަޅު ވަގުތުގައި ބޭނުންނުކުރެވި އެ ފުރުސަތު ގެއްލުނީ އެވެ. 

ދެ ވަނަ ހާފަށް ރާއްޖޭން ދެ ބަދަލެއް ވަނީ ގެނެސްފަ އެވެ. ލޫތު އާއި އައިހަމްގެ ބަދަލުގައި އަހުޒަމް ރަޝީދު (އަހު) އާއިި ނައްސާހު އިބްރާހިމް ނާސިރު ވަނީ ކުޅެން އަރުވައިފަ އެވެ. ޗައިނާ އިން ވެސް ވަނީ ދެ ވަނަ ހާފަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. 

މެޗުގެ ނަތީޖާ ނެރުމުގައި ޗައިނާ އިން ތަފާތު ދެއްކި ދެ ވަނަ ހާފުގެ ކުރިކޮޅުގަ އެވެ. ތޭވިސް މިނިޓް ތެރޭގައި ތިން ގޯލު ޖެހި އެވެ. 

ޗައިނާ އިން ވަނީ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނިޓްގައި ލީޑުނެގި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޗައިނާގެ ފޯވާޑް، ވަން ޒިމިން އަށް ރާއްޖޭގެ ޑިފެންސް ފަހަތުން ލިބުނު ފުރުސަތުގައި ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ވަން ޒިމިން ވަނީ ޗައިނާގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، އަރިމަތިން ނެގި ހުރަހަކުން ވަން ޒިމިން ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 63 ވަނަ މިނިޓްގައި ވަން ޒިމިން ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް އެއް ފަަހަރުން ގޯލަށް ފޮނުވާލައިގެން ވަން ޒިމިން ޖެހި ގޯލެކެވެ. 

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން.
ޗައިނާ އާއި ރާއްޖެ ބައްދަލުކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގެ ތެރެއިން.

މެޗުގެ 80 ވަނަ މިނިޓްގައި ޗައިނާގެ ޒުއެޒޭން ގާތްގާތުގައި ފޮނުވާލި ދެ ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. 

ބަދަލަކަށް ކުޅެން އަރައި، ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ)، އެޓޭކަށް ދިޔަ ބޯޅަތަކުގައި މަސައްކަތް ކުރި ނަމަވެސް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

ރާއްޖެ އާއި ޗައިނާ އިން މިއަދުގެ މެޗާ އެކު އިންޓަނޭޝަނަލް ފުޓްބޯޅައިގައި ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. ޗައިނާ އިން ވަނީ އެ ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ރާއްޖެ އަތުން އެންމެ ފުރަތަމަ މެޗުގައި، 2001 ވަނަ އަހަރު ޗައިނާ ވަނީ 10-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2001 ވަނަ އަަހަރު މާލޭގައި ޗައިނާ މޮޅުވީ 1-0 އިންނެވެ. ދެން، ޗައިނާ އިން ވަނީ 2015 ގައި ރާއްޖެ އަތުން 3-0 އަދި 2016 ވަނަ އަހަރު 4-0 ބަލިވެފަ އެވެ. އެންމެ ފަހުން، 2019 އާއި 2021 ވަނަ އަހަރު ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގަައި ރާއްޖޭން ދެން ކުޅޭ މެޗުތައް އޮތި ކިރްގިސްތާންގެ ބިޝްކެކްގަ އެވެ. އެ ގޮތުން، މި މަހު 28 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ތިން ދުވަސް ފަހުން، ލެބަނަންއާ އެވެ. ޗައިނާ އިން މި ބްރޭކުގައި ދެން ކުޅޭނީ، ނިއު ޒީލެންޑާއި ފަލަސްތީނާއި ތަޖިކިސްތާނާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox