އުނދަގޫވެދާނެ މެޗެއް، ރާއްޖެ އަށް އިހުތިރާމް ކުރަންޖެހޭ: ޗައިނާ ކޯޗު

Sep 24, 2026, 11:55 AM
ޗައިނާގެ ކޯޗު، ޝައޯ ޖިއަޔީ

ޗައިނާގެ ކޯޗު، ޝައޯ ޖިއަޔީ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ފަސޭހަނުވާނެ ކަމަށާއި މި މެޗަކީ ޗައިނާ އަށް އުނދަގުލުގައި ކުޅެންޖެހޭ މެޗަކަށް ވުމުގެ ފުރުސަތު އޮތްއިރު، ރާއްޖެ އަށް ދޭން ޖެހޭ އިހުތިރާމް ފުރިހަމަަ އަށް އަދާކުރަން ޖެހޭ ކަމަށް ޗައިނާގެ ކޯޗު، ޝައޯ ޖިއަޔީ ބުނެފި އެވެ. 

ރާއްޖެ ގަނޑިން މިއަދު ހަވީރު، 16:35 ގައި ފަށާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝާއޯ ހަނދާން އާ ކޮށްފައިވަނީ، މީގެ 25 އަހަރު ކުރިން ގަލޮޅު ދަނޑުގައި ކުޅުނު މެޗެއްގެ ހަނދާނެވެ. އެ ގޮތުން، ޝާއޯ ބުނީ، ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ޗައިނާ އަށް އެ މެޗުން މޮޅެއް ހޯދުނީ، ދެ ވަނަ ހާފުގައި ޖެހި ގޯލާ އެކު، 1-0 އިންނެވެ. 

"ރާއްޖެ އަކީ (ރޭންކިންއާ ހުރިހާ ކަމަކަށް ބަލާއިރު) ހީކުރާހާ ވަރުގަދަ ޓީމަކަށް ނުވެދާނެ. އެކަމަކު، ފަސޭހަކޮށްލައިގެން ކުޅެވޭނެ ފުރުސަތެއް ނެތް. އަހަރެމެން ހަމަޖެހިލައިގެން ތިބެ މި މެޗު ކުޅެން އުޅެފިއްޔާ އުނދަގޫވެދާނެ މެޗެއް މިއީ. އަހަރެމެން ވަރަށް ސީރިއަސްކޮށް ވިސްނުންތެރިކަމާ އެކު ކުޅޭ މެޗެއް މިއީ،" ޝާއޯ ބުންޏެވެ. 

ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ފަހު ވަގުތު ހަމަޖެހިގެންދިޔަ މެޗެއް ކަމަށްވާތީވެ، ކުއްލިއަކަށް މި މެޗަށް ތައްޔާރުވުމުގައި ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޝާއޯ ވަނީ ބުނެފަ އެވެ. 

"ހަތަރު މެޗު ކުޅެން ވިސްނާފައި އޮތްއިރު، ފުރަތަމަ މެޗު ކުޅޭ ޓީމު ބަދަލުވީ. އެހެންވީމަ ވެސް ޗެލެންޖުތަކެއް އެބަހުރި. އެކަމަކު، މިއީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި ދައްކަން ޖެހޭ ވާހަކައެއް ނޫން، އަބަދުވެސް މެޗެއް ކުޅެން ލިބިގެން އެ އަށް ތައްޔާރުވާން ޖެހޭ ހާލަތުގައި ހުންނަން ޖެހޭނީ،" ޝާއޯ ބުންޏެވެ. 

ޗައިނާ އިން މި މެޗުތަކަށް ތައްޔާރުވާން ޕްރެކްޓިސް ފެށީ މި މަހު 12 ވަނަ ދުވަހު އެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ފަހުން، ޗައިނާ އިން ނިއު ޒީލެންޑާއި ފަލަސްތީނާއި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. 

ރާއްޖެ އާއި ޗައިނާ އިން ވަނީ އިންޓަނޭޝަނަލް ފުޓްބޯޅައިގައި ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ޗައިނާ އިން ވަނީ އެ ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ރާއްޖެ އަތުން އެންމެ ފުރަތަމަ މެޗުގައި، 2001 ވަނަ އަހަރު ޗައިނާ ވަނީ 10-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2001 ވަނަ އަަހަރު މާލޭގައި ޗައިނާ މޮޅުވީ 1-0 އިންނެވެ. ދެން، ޗައިނާ އިން ވަނީ 2015 ގައި ރާއްޖެ އަތުން 3-0 އަދި 2016 ވަނަ އަހަރު 4-0 ބަލިވެފަ އެވެ. އެންމެ ފަހުން، 2019 އާއި 2021 ވަނަ އަހަރު ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox