ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ލެވަލަށް ދާން ވަގުތު ނަގާނެ: އުރްބާނީ

Sep 25, 2026, 8:19 AM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ,---- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ,---- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ދެހާހުގެ ކުރީކޮޅުގައި އޮތް ލެވަލަށް ދިއުމަށްޓަކައި ވަގުތުނަގާނެ ކަމަށާއި މި ވަގުތު ޓީމުގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު ސަބަަބަކީ މިދިޔަ އަހަރުތަކުގައި ގައުމީ ޓީމުގައި ދިމާވެފައި ހުރި ކަންތައްތައް ކަމަށް ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކުރަމުން އަންނަ އުރްބާނީ މިހެން ބުނެފައިވަނީ، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޗައިނާ އަތުން 3-0 އިން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވި، އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ، މި އަަހަރުގެ މާޗް މަހު އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން 2-1 އިންނެވެ. އޭގެ ފަހުން، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި، އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު، ޕާކިސްތާން އަތްދަށުވީ 3-0 އިންނެވެ. އަދި، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޗައިނާއާ އެކު ރޭ ކުޅުނު މެޗަކީ އުރްބާނީގެ ކޯޗުކަމުގަައި ރާއްޖޭން ބޭރުގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗެވެ. 

ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު ޗައިނާ އިން ރާއްޖެ އަތުން މޮޅުވެއްޖެ

ޗައިނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ ދެވަނަ ހާފުގައި ޗައިނާ އިން ޖެހި ލަނޑުތަކުން. ރާއްޖޭގެ ޓީމުން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ޗައިނާގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައި. އެކަމަކު، ދެ ވަނަ ހާފުގެ 23 މިނިޓް ތެރޭ ޗައިނާ އިން ތިން ގޯލު ޖެހި.

ޗައިނާގެ ސިނާ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ވަނީ ރާއްޖޭގެ ފުޓްބޯޅަ ދެހާހުގެ ކުރީކޮޅުގައި އޮތް ލެވަލަށް ދާން މަަސައްކަތް ކުރާ ކަމަށް ބުނެފަ އެެވެ. އެހެން ނަމަވެސް މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ގައުމީ ޓީމަށް ދިމާވި ކަންކަމަަށް ބަލާއިރު، ދާން ޖެހޭ ހިސާބަށް ޓީމު ދިއުމުގައި ބޮޑު ފަރަގެއް އޮތް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"ޗައިނާ އާއި ރާއްޖެ މި އޮތީ ތަފާތު ދެ ލެވަލެއްގައި. ޗައިނާ އޮތީ އޭޝިއާގެ އެންމެ ރަނގަޅު ފަންތީގައި ފުޓްބޯޅައިގެ ލެވަލުން ބަލާނަމަ. ރާއްޖޭން ވެސް މި މެޗުގައި ޒުވާން ކުޅުންތެރިންތަކެއް ބޭނުންކުރަން ބޭނުންކުރިން. 19 އަހަރުގެ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިއްޖެ.  މެޗުން ފެނުނު މައިގަނޑު ތަފާތަކީ ދެ ގައުމުގެ ފުޓްބޯޅައިގައި މި ވަގުތު އިންޓެންސިޓީ އާއި މެޗު ކުޅުމުގެ ގާބިލުކަމުގެ ތަފާތު،" އުރްބާނީ ބުންޏެވެ. 

"އަަހަރެމެންގެ ކުޅުންތެރިން ރަނގަޅުކުރަން އޮތް އެންމެ ބޮޑު ފުރުސަތަކީ ވަރުގަދަ މެޗުތަކެއް ކުޅުން. އެެހެންވީމަ، (ޗައިނާ މެޗު) މިއީ ވެސް ރަނގަޅު ފިޔަވަޅެއް ކަންކަން ދަސްކުރުމަށްޓަކައި،" އުރްބާނީ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް މެޗެއް ނުކުޅެ މި ފަހުން އެންމެ ބޮޑު ބްރޭކެއް އައީ،  2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝާ ކުުޅުމަށް ފަހު އެވެ. އެ މެޗު ކުޅުމަށް ފަހު، ރާއްޖޭން ދެން މެޗެއް ކުޅުނީ، އެއް އަހަރު ފަހުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެކެވެ.

އެ އެއް އަހަރުގެ މެދުކެނޑުމަށް ފަހު، ބަންގްލަދޭޝްއާ އެކު ކުޅުނު ދެ މެޗު ހިމެނޭހެން، ރާއްޖޭން ޖުމްލަ އެކު، މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. އެއީ، އަލީ ސުޒޭންގެ ކޯޗުކަމުގައި ބަންގްލަދޭޝްގައި 1-0 އިންނާއި މުހައްމަދު ޝިޔާޒް (މޯހަން)ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ސްރީ ލަންކާ އަތުން 3-0 އިން އަދި އުރްބާނީގެ ކޯޗުކަމުގައި ޓިމޯ ލެސްޓޭ އަތުން 2-1 އިންނެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުރު މުއްދަތެއްގެ ތެރޭގައި ޗައިނާ މެޗު ހަމަޖެހިގެން ދިޔަ ކަމުގައި ވިޔަސް، މި މެޗު ކުޅެން ނިންމުމަކީ "ގޯސްކޮށް ކުރެވުނު ކަަމެއް ނޫން" ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

ރޭގެ މެޗުގައި ޗައިނާ އަށް އެންމެ ބޮޑު އެޑްވާންޓޭޖަކީ، ގާތްގަނޑަކަށް ތިން ހަފްތާ ކުރިން، މި މަހުގެ 12 ވަނަ ދުވަހު ތައްޔާރީތައް ފަށައި، ފިޒިކަލީ ޓީމު މާ ރަނގަޅަށް މި މެޗަށް ތައްޔާރުވެފައި ހުުރުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، މުހިންމު މަގާމުތަކުގައި ޗައިނާގެ ފަރަގަކީ އިސްކޮޅާއި ބަރުދަން ރަނގަޅު ކުޅުންތެރިން ތިބުން ކަމަށް ވެސް އުރްވާނީ ވަނީ ފާހަގަކުރި އެވެ. 

ޗައިނާއާ ދެކޮޅަށް ރާއްޖެ އަށް ރޭގެ މެޗުގައި ޝޮޓެއް ވެސް ފޮނުވާލެވިފައިނުވެ އެވެ. ޗައިނާ އިން ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުން ރޭގެ މެޗުން މޮޅުވިިއިރު، އުރްބާނީ ބުނީ ފުރަތަމަ ހާފުގައި ރާއްޖޭން ފެނިގެންދިޔައީ އޮގަނައިޒް ކުޅުމެއް ދެއްކިތަން ކަމަށެވެ. 

"މެޗުން ދަސްވި އެއް ކަމަކީ، ބޯޅަ ނެތިސް ވެސް މެޗުގެ ކޮންޓްރޯލެއް ދެމެހެއްޓުން، އެއީ ރަނގަޅު ސްޓްރަކްޗާގައި ދެމިތިބެގެން، އެކަމަކު، ގަބޫލުކުރަން ޖެހޭ ޗައިނާގެ އިންޓެންސިޓީއާ ލެވަލާ އެއްވަރަށް އަހަރެމެންނަށް އެއް ހަަމައެއްގައި މި ވަގުތު ވާދަނުކުރެވޭނެ" އުރްބާނީ ބުންޏެވެ. 

މުހިންމު ގިނަ ކުޅުންތެރިންްތަކެއް ނުލައި މި މެޗު ކުޅެން ޖެހުމުން، ޓީމު ނެގުމުގައި ގޮންޖެހުންތަކެއް ދިމާވި ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގަައި ރާއްޖޭން ދެން ކުޅޭ މެޗުތައް އޮތި ކިރްގިސްތާންގެ ބިޝްކެކްގަ އެވެ. އެ ގޮތުން، މި މަހު 28 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ތިން ދުވަސް ފަހުން، ލެބަނަންއާ އެވެ. ޗައިނާ އިން މި ބްރޭކުގައި ދެން ކުޅޭނީ، ނިއު ޒީލެންޑާއި ފަލަސްތީނާއި ތަޖިކިސްތާނާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox