ރޭންކިން ދަށް ވިޔަސް ރާއްޖެއާ މެދު ސަމާލުވާންޖެހޭ: ކިރްގިސްތާން ކޯޗު

Sep 28, 2026, 8:17 AM
ކިރްގިސްތާންގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އަބްދުކައިމޯވް އިންޓަވިއުއެއް ދެނީ.

ކިރްގިސްތާންގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އަބްދުކައިމޯވް އިންޓަވިއުއެއް ދެނީ.

ފީފާ ރޭންކިން އަށް ބަލާއިރު، ރާއްޖެ އަކީ ކިރްގިސްތާނަށް ވުރެން ދަށުގައި އޮތް ގައުމެއް ކަމުގައި ވިޔަސް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށް ކުޅޭއިރު މެޗުގައި ކުޅެން ޖެހޭނީ ސަމާލުވެގެން ކަމަށް ކިރްގިސްތާން ޓީމުގެ ކޯޗު، އުރްމަޓް އަބްދުކައިމޯވް ބުނެފި އެވެ. 

ކުރިން ކިރްގިސްތާން ޓީމަށް ކުޅުނު އުމުރުން 34 އަހަރުގެ އަބްދުކައިމޯވް، އަށް ކިރްގިސްތާން ޓީމުގެ ކޯޗުކަން ދިނީ މީގެ މަހެއް ކުރިންނެވެ. ރާއްޖެ އާއި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗަށް ކިރްގިސްތާނުން ތައްޔާރީތަައް ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ކިރްގިސްތާން ގައުމީ ޓީމުގައި މީގެ ކުރިން ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުކައިމޯވް އަށް 2028 ވަނަ އަހަރުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއް ދީފައިވާއިރު، އޭނާގެ ފުރަތަމަ އަމާޒަކީ އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކިރްގިސްތާން ވީ އެންމެ ވަރުގަދަަ އަށް ތަައްޔާރުކުރުމެވެ. 

އެހެންވެ، މި ފަހަރުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި ރާއްޖެ އާއި ލެބަނަންއާ ދެކޮޅަށް ކުޅޭ ގޮތަށް ކުޑަ މުބާރާތެއް ހަމަޖެއްސީ ވަރަށް ވިސްނުމަށް ފަހު، ފެޑެރޭޝަނާ ވާހަކަ ދައްކައިގެން ކަމަށް އަބްދުކައިމޯވް ވަނީ ބުނެފަ އެވެ. 

"ރޭންކިން އަށް ބަލަންޏާ މި ޓީމުތައް (ލެބަނަން އާއި ރާއްޖެ) އޮތީ އަހަރެމެންނަށް ވުރެން ދަށުގައި. އެކަމަކު ސްޓެޓިސްޓިކްސް އަށް ބަަލަންޏާ، ރާއްޖެއާ ދެކޮޅަށް އަހަރެމެން ކުޅުނު ހަތަރު މެޗުން ދެ މެޗުން ބަލި، ދެ މެޗުން މޮޅުވެފައި އޮތީ. ދެން، ލެބަނަންއާ ދެކޮޅަށް ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައި އެއް އެއްވަރުވެފައި މި އޮތީ،" އަބްދުކައިމޯވް ބުންޏެވެ. 

"އަހަރެމެން އިދިކޮޅަށް ނުކުންނަ ޓީމުތައް ރަނގަޅަށް ދިރާސާ ކުރަމުން މި ދަނީ. މި ވަގުތަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގަައި ނޯންނާނެ ފަސޭހަ ޓީމެއް. އެހެންވީމަ، މި ބުނަނީ ރޭންކިން އަކީ ވަކި ކަމެއް ބުނެދޭ އެއްޗެކޭ. ތެދެއް، އަހަރެމެން ވާނީ ފޭވަރިޓަށް ފުރަތަމަ މެޗުގައި ރާއްޖެއާ ކުޅޭއިރު. އަހަންނަށް ޔަގީންކަން ދެވޭނީ މި މެޗުގައި އަހަރެމެން 100 ޕަސެންޓް ދޭނެކަން، އެއްވެސް މެޗެއް ފަސޭހަކޮށެއް ނުނަގާނަން، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ،" 

މިއަދު ނެރުނު ފީފާ ރޭންކިންގައި ކިރްގިސްތާން އޮތީ 106 ވަނައިގަ އެވެ. ލެބަނަން 114 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 172 ވަނައިގަ އެވެ. 

ރާއްޖޭން ވަނީ މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ކިރްގިސްތާން އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު، ދެ ލަނޑު ޖެހީ ވެސް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެ ކުރިން، 2011 ވަނަ އަަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އެވެ. އޭގެ ކުރިން، 1997 ވަނަ އަހަރު ރާއްޖެ އަތުން ކިރްގިސްތާން ވަނީ 3-0 އާއި 6-0 އިން މޮޅުވެފަ އެވެ. 

ރާއްޖޭން ވަނީ މީގެ ހަތަރު ދުވަސް ކުރިން އެކުވެރިކަމުގެ މެޗެއްގައި ޗައިނާ އަތުން 3-0 އިން ބަލިވެފަ އެވެ. އަދި، މިރޭ ރާއްޖެ ގަނޑިން 19:00 ގައި، ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭއިރު، ތިން ދުވަސް ފަހުން ލެބަނަންއާ ކުޅޭ މެޗު ވެސް އެބައޮތެވެ. 

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox