ޕެނަމާ ކައިރީގައި އިންޑިއާ އިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗުގެ ތައުރީފު

Sep 26, 2026, 4:17 PM
އިންޑިއާ ގައުމީ ޓީމުގެ ކޯޗު، ހާލިދު ޖާމިލް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ،

އިންޑިއާ ގައުމީ ޓީމުގެ ކޯޗު، ހާލިދު ޖާމިލް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ،

ބެންގަލޫރު (ސެޕްޓެމްބަރު 26) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޕެނަމާއާ 1-1 އިން އެއްވަރުވި މެޗުގައި އިންޑިއާ އިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު، ހާލިދު ޖާމިލް ތައުރީފުކޮށްފި އެވެ. 

މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޕެނަމާ ކައިރީގައި ރޭ އިންޑިއާ އިން ވަނީ ބެންގަލޫރުގެ ސްރީ ކަންޓީރްވާ ސްޓޭޑިއަމްގައި ފުރަތަމަ ހާފުގައި ލީޑުކޮށްފަ އެވެ. ފީފާ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާ ކޮޅަށް 138 ވަނައިގައި އޮތް އިންޑިއާ އަށް ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ލަނޑު ޖަހައިދިނީ އޮސްޓްރޭލިއާ ދަރިކޮޅަށް ނިސްބަތްވާ ފޯވާޑް، ރަޔާން ވިލިއަމްސް އެވެ.   މެޗުގެ 68 ވަނަ މިނިޓްގައި ޕެނަމާ އަށް އެއްވަރުކޮށްދިނީ ވެލެންސިއާ އެވެ. 

ފަހު ވަގުތާ ހަމައަށް ދެ ޓީމުން ވެސް ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖަހައި މެޗުން މޮޅުވެވޭތޯ ބެލި ނަމަވެސް ނިމުނީ އެއްވަރުވެގެންނެވެ. މިއީ، އިންޑިއާ އިން ނެރުނު ތާރީހީ ނަތީޖާ އެކެވެ. މެޗަށް ފަހު، އިންޑިއާގެ ކޯޗު ހާލިދު ޖާމިލް ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން މި ކަމުގައި ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. 

Advertisement
ޕެނަމާއާ ދެކޮޅަށް ނެރުނު އިންޑިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުުޅުންތެރިން.
ޕެނަމާއާ ދެކޮޅަށް ނެރުނު އިންޑިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުުޅުންތެރިން.

"މިއީ، އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. ޕެނަމާ ކަހަލަ ގައުމެއް ކައިރީގައި އަހަރެމެން ވަރަށް ކެރިގެން ޓީމެއްގެ ގޮތުގަައި ކުޅެފި. ހަގީގަތުގައި މިއީ އިންޑިއާ ކުރިއަށްދާން ޖެހޭ ގޮތަކީ، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވެސް ކެރިގެން ކުރިއަށް ޖެހިގެން ކުޅެންވީ،" މިދިޔަ އަހަރު އިންޑިއާ ކޯޗުކަމާ ހަވާލުވި ހާލިދު ޖާމިލް ބުންޏެވެ. 

އިންޑިއާ އިން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން ކުޅޭ ދެ މެޗު އޮތީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު، އިންޑިއާ އިން ކުޅޭނީ ބްރެޒިލާ އެވެ. އޭގެ ތިން ދުވަސް ފަހުން، އިންޑިއާ އިން އުރުގުއޭއާ ދެކޮޅަށް ކުޅޭނެ އެވެ. 

އަންނަ ނޮވެމްބަރު މަހުގެ ފީފާ ބްރޭކުގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗު އޮތީ އެ ގައުމުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox