އިންޑިއާގެ މައްސަލަ އަކީ ފުޓްބޯޅައިގެ ގައުމަކަށް ނުވުން: އަންޗެލޮޓީ

Sep 24, 2026, 11:27 PM
ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ކާލޯ އަންޗެލޮޓީ

ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ކާލޯ އަންޗެލޮޓީ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 24) - އާބާދީގެ ގޮތުން ބިލިއަނަކަށް ވުރެން ގިނަ މީހުން ދިރިއުޅުނު ކަމުގައި ވިޔަސް ފީފާ ވޯލްޑް ރޭންކިންގައި އިންޑިއާ އަކީ ދަށް ގައުމެއްގެ ގޮތުގައި އޮންނަ މައިގަނޑު އެއް ސަބަބަކީ އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ކަމަށް ނުވާތީ ކަމަށް ބްރެޒިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ. 

ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން އަންނަ މަހުގެ ތިން ވަނަ ދުވަހު، ކަލްކަތާގެ 85،000 މީހުން ވަދެވޭ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ. އެ މެޗަށް ދަނޑު ފުރޭނެ ކަމަށް ބެލެވޭއިރު، އެ މެޗުގެ ކުރިން އަންޗެލޮޓީއާ ވަނީ އިންޑިއާއާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. 

ބްރެޒިލުން ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 138 ވަނައިގަ އެވެ. އާބާދީގައި 1.4 ބިލިއަން މީހުން ތިބި އިންޑިއާގެ ފުޓްބޯޅައިގައި ކުރިއަށް ނުދެވި އޮތް ސަބަބާ ބެހޭގޮތުން އަންޗެލޮޓީ ވަނީ އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެވެ. 

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ އަންޗެލޮޓީ ބުނީ، އިންޑިއާގެ ރޭންކިން އިން ލިބެނީ ހައިރާންކަމެއް ކަމަށެވެ. 

"އަހަންނަށް ފެންނަ ފެނުމުގައި އިންޑިއާގެ ފުޓްބޯޅައިގެ މައްސަލަ ގުޅިފައި އޮތީ ސަގާފަތާ. އިންޑިއާގައި ސީދާ ފުޓްބޯޅައާ ގުޅޭ ސަގާފަތެއް ނެތް. އެކަމަކު، އެ މީހުން ވަރަށް މޮޅު އެހެން ކުޅިވަރުތަކެއް އެބަހުރި. ހަގީގަތުގައި އިންޑިއާ އިން ރަނގަޅަށް މަސައްކަތް ކުރަންވީ ފުޓްބޯޅައިގެ އާ ޖީލުތަކެއް ބިނާކުރަން،" ޓައިމްސް އޮފް އިންޑިއާ އަށް، އަންޗެލޮޓީ ބުންޏެވެ. 

ފުޓްބޯޅައިގައި ކުރިއަރާފައިވާ ގައުމުތަކުގައި، ކަންކަން ކޮށްފައިވަނީ އެ ގައުމުގެ ސަގާފަތުގެ ތެރެއިން ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ރަނގަޅު ޕްލޭންތަކާ އެކު މަސައްކަތްކޮށްގެން ކަމަށް އަންޗެލޮޓީ ވަނީ ފާހަގަކޮށްފަ އެވެ. 

"ތަފާތު ގައުމުތަކާ އެކު އަހަރެމެން (ބްރެޒިލުން) މެޗުތައް މި ކުޅެނީ ވެސް އެކި ކަހަލަ ގައުމުތަކުގެ ސަގާފަތް ދަސްކުރަން. އިންޑިއާ ވަރަށް ޝައުގުވެރިވާނެ އެ ވިސްނުމުގައި. ތެދެއް، ހަގީގަތަކީ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅައިގެ ވަރުގަދަ ގައުމުތަކާ ކުޅެން އިންޑިއާގެ ތަޖުރިބާ އެންމެ ރަނގަޅުނުވާނެ. އެކަމަކު، އަހަރެމެންނަށް އިންޑިއާ ފަދަ ގައުމެއް ދަސްކުރަން މިއީ ފުރުސަތެއް،" އަންޗެލޮޓީ ބުންޏެވެ. 

އިންޑިއާގެ ފުޓްބޯޅައާ ބެހޭގޮތުން، އަންޗެލޮޓީ ދެއްކި ވާހަކަތަކާ މެދު، އިންޑިއާގެ ކޯޗު، ހާލިދު ޖާމިލް ދެކޭގޮތެއް ހިއްސާކުރަން ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ. 

"އަހަންނެއް ނުވިސްނަން (އަންޗެލޮޓީގެ ވާހަކަތަކަށް). ކޮންމެ މީހަކަށް ވެސް އަމިއްލަ ވިސްނުމުގައި ހިޔާލު ފާޅުކުރުމުގެ އިހުތިޔާރު އޮންނާނެ،" ޖާމިލް ބުންޏެވެ. 

"އަހަރެންގެ ޓާގެޓް ވަރަށް ފަސޭހަ. ވަރަށް ރަނގަޅަށް ޓީމު ތައްޔާރުކޮށް، އިންޑިއާ ޓީމު ކުރިއަށްގެންދަން. މި މެޗުތަކުން އަހަރެމެން އޮތް ހިސާބެއް ފެންނާނެ. ކުރަންވީ ކަންކަން ވެސް ރަނގަޅަށް ސާފުވާނެ،" 

އިންޑިއާ އިން މި ފަހަރުގެ ފީފާ ބްރޭކުގެ ތެރޭގައި، ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބެންގަލޫރުގައި ކުޅޭނީ ޕެނަމާއާ އެވެ. އެ އަށް ފަހު، ކަލްކަތާގައި އަންނަ މަހު ތިން ވަނަ ދުވަހު ބްރެޒިލާ ކުޅުމަށް ފަހު ތިން ދުވަސް ފަހުން އުރުގުއޭއާ ވާދަކުރާނެ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox