ބާބުލް މަންދަބް

6 ލިޔުން

ފަހުގެ

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީދުނިޔެ

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ

ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެދުނިޔެ

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.