ސައީދުގެ އާ ޓިކްޓޮކް ވީޑިއޯއެއް؛ މިފަހަރުވެސް ކުށްވެރިކުރީ ނޫސްތައް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ޑޮލަރުގެ އަގު މައްޗަށްދާ ވާހަކަ ނޫސްތަކުން ގެނެސްދޭތީ ސައީދު އަނެއްކާވެސް އެކަން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ޑޮލަރުގެ އަގު މައްޗަށްދާ ވާހަކަ ނޫސްތަކުން ގެނެސްދޭތީ ސައީދު އަނެއްކާވެސް އެކަން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނެރުއްވި ތިންވަނަ ޓިކްޓޮކް ވީޑިއޯގައިވެސް ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި މައްޗަށްދާ ވާހަކަ ނޫސްތަކުން ގެނެސްދޭތީ އެކަން ކުށްވެރިކުރައްވައިފި އެވެ. 

ސައީދު ނެރުއްވި ޓިކްޓޮކް ވީޑިއޯގައި ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގުބޮޑުވުމަށް ހިތްވަރުދެނީ ނޫސްތަކުން ޖަހާ ހެޑްލައިންތަކުން ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންވެސް ރޭޓް ސެޓްކުރައްވަމުންދާ ކަމަށެވެ. 

"ބްލެކް މާކެޓުގައި މިކަން ކުރަނީ ބޭންކިން ސިސްޓަމްގެ ތެރެއަށް ޑޮލަރު ނުވައްދާ ބްލެކް މާކެޓުގައި ޑޮލަރު ލިބޭ ފަރާތްތަކުން ވިއްކާތީ. އެކަމަށް ހިތްވަރު މިދެނީ މިދަންނަވާ ނޫސް ޕޭޕަރުތަކުގެ ހެޑްލައިން އާއި މިހާރު ވަކިން ހާއްސަކޮށް ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ހެނދުނު އެއް ބޭފަޅަކު، ހަވީރު އަނެއް ބޭފުޅަކު ރޭޓް މި ސެޓް ކުރައްވަނީ އެނގޭތޯ،" ސައީދު ވިދާޅުވި އެވެ. 

Advertisement

މިދިޔަ އާދީއްތަ ދުވަހުވެސް ސައީދު ވިދާޅުވެފައިވަނީ ހެނދުނު މުޅި ގައުމު ހޭލާއިރު ދެ ނޫހެއްގެ ސުރުހީގައި ޑޮލަރުގެ ރޭޓަކީ 22ރ. އޭ ނުވަތަ 24ރ. އޭ ބުނެ ހަބަރު ފެތުރުމުން މާކެޓުން އެއަށް ރިއެކްޓްކުރާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ދެ ނޫހެއްކަން ސައީދަށް ވިދާޅުވާން ކެރިވަޑައެއް ނުގެންނެވި އެވެ. އެއްވެސް ނޫހެއްގައި ޑޮލަރު 24ރ. އަށް އެރިކަމަށް ލިޔެފައެއް ނެތެވެ. 

ޑޮލަރުގެ އަގު އުފުލުމާއި ނޫސްތަކުގައި ޖަހާ ސުރުހީތަކާ މާ ބޮޑު ގުޅުމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ގެނެސްދިން "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި މާލީ އަދި އިގުތިސޯދީ ދާއިރާގެ މާހިރުންތަކެއް ބުންޏެވެ.  

ހިފެހެއްޓުމެއް ނެތި އުފުލެމުންދާ ޑޮލަރުގެ އަގު ރާއްޖޭގެ ކަޅު ބާޒާރުގައި މިވަގުތު ހުރީ 22.60ރ. އަށެވެ. އެއީ މިއީ މިއަދު ހެނދުނު ހުރި އަގަށްވުރެ 15 ލާރި ބޮޑު އަދަދެކެވެ. ކަޅު ބާޒާރުގައި މިއަދު ހެނދުނު ޑޮލަރުގެ އަގު ހުރީ 22.45ރ. އަށެވެ. މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޑޮލަރުގެ އަގު މިހައި މައްޗަކަށް ނުދެ އެވެ.

 ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އިންތިހާއަށް ބޮޑުވަމުންދާއިރު، ޑޮލަރު ލިބުމުގައި ވެސް ދަނީ ދަތިތައް ދިމާވަމުންނެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމެވެ. މީގެ އިތުރުން، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ދައުލަތަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމަކީވެސް ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވެގެން ދިޔަ ސަބަބެކެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox