ހީނާމާގެ އާއި އިންޑިއާ އެމްބަސީ ކުރިން ހުރި ބިމުގައި ޕާކިން ފެސިލިޓީތަކެއް ހަދަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހ. ހީނާމާގެ އާއި ސޯސަންމަގުގައި ހުންނަ މޯލްޑިވްސް ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާ ޖެހިގެން އޮންނަ ހުސްބިމުގައި ޕާކިން ބިލްޑިންތަކެއް އަޅަން ނިންމާފައިވާ ކަމަށް އިކޮނޮމިކް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ ދެ ބިމުގައި ޒަމާނީ ޕާކިން ބިލްޑިންތަކެއް އަޅަން ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު މިހާރު ހޯދާފައިވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދި ގޮތެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"ހިނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެންނަށް ބަޔަކު އައިޑެންޓިފައި ކުރެވި އެފަރާތާ އެކީ ވާހަކަ ދެކެވެމުން މިދަނީ އިނގޭތޯ؟ ހަމަ އެއާއެކު ރައީސް ކަނޑައަޅުއްވައިފި މި ކަމަށް ސަރުކާރުން ބޭނުންވާ ދެވަަނަ ބިލްޑިން ހުންނާނެ ޖާގަ ވެސް. އެއީ އެމްއެންޔޫގެ [ބިސްނަސް ސްކޫލް] ބިލްޑިންގާ ޖެހިގެން އޮތް ބިން،" ސައީދު ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ އެ ދެ ބިމުގައި ޕާކިން އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި އެ ދެ ބިލްޑިންގެ މަސައްކަތް ވެސް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދެ ބިމުގައި އަޅާ ޕާކިން އިމާރާތަކީ އަމިއްލަ ވިޔަފާރިތަކަކުން އަޅާ އިމާރާތްތަކަކަށްވީ ނަމަވެސް، އެ އިމާރާތްތަކުގައި ޕާކު ކުރުމަށް ނަގާ ފީގެ އަދަދު ކަނޑައަޅާނީ ސަރުކާރުން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި، އެ ފީއަކީ އާންމު ރައްޔިތުންނަށް ދައްކަން އުނދަގޫ ނުވާ ރޭޓަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތްތަކުގެ އިތުރުން، މާލޭގައި މެކޭނިކަލް ޕާކިންގެ މަޝްރޫއުއެއް ކުރިއަށް ގެންދަން ވެސް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންނަމަވެސް، އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ގާތްގަނޑަކަށް 8،000 އަކަފޫޓުގެ ހީނާމާގެ ޕާކިންއަކީ މުއިއްޒުގެ މޭޔަރުކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމުގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އަށް ދޫކޮށްފައި އޮތް ބިމެކެވެ. 

ހީނާމާގެ ދިގު މުއްދަތަކަށް އާރުސީސީއަށް ދީފައި ވަނީ ޕާކިން ބިލްޑިންއެއް ހެދުމަށާއި، ވިޔަފާރީގެ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށެވެ. އެކަން ނާޒިމް އަދަދު އަށް އޭރު ކަށަވަރު ވެސް ކޮށްދެއްވި އެވެ.

ނަމަވެސް، އާރުސީސީއަށް އެ ބިން ކުއްޔަށް ދޫކުރިކަމުގެ އެއްބަސްވުން އެ ކައުންސިލުގައި ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވަނީ ފަހުން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox