20 އަހަރުވެފައިވާ އުޅަނދުތައް ނައްތާލާނީ ސަރުކާރުން ބަދަލު ދިނުމަށްފަހު ކަމަށް ސައީދު ވިދާޅުވެއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަންނަ އޮކްޓޫބަރު މަހު އަމަލުކުރަން ފަށާ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން 20 އަހަރުވެފައިވާ އެއްވެސް އުޅަނދެއް ނައްތާލާނީ ސަރުކާރުން ބަދަލުދީފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އުމުރު ހަމަވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނީ ތާޑް ޕާޓީއަކުން އެސެސްކޮށްފައި ކަމަށެވެ. 

"ވެހިކަލެއް މުސްކުޅި ކުރަންޖެހޭ ހާލަތެއް އައިސްގެން މިސާލަކަށް ހައްލުކުރަން ޖެހުނަސް، އެ ވެހިކަލްއެއްގެ އޭރުގެ އަގެއް ކޮންމެވެސް ތާޑް ޕާޓީއަކުން އެސެސްކޮށްފައި ނޫން ގޮތަކަށް އަދި އެއަށް ބަދަލެއް ދީފައި ނޫން ގޮތަކަށް އެކަން ނުވެސް ކުރާނެ، އޭނާއަށް ވެހިކަލްއެއް ލިބޭނެ ގޮތް ހަދައިދީފައި ނޫނީ،" ސައީދު ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން، ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވެހިކަލްތަކުގެ އުމުރު ކަނޑައެޅުމަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ވަރަށް ކުޑަ ކަމެއް ކަމަށެވެ. ނަމަވެސް، އެކަން ކުރާނީ އެއްވެސް ރައްޔިތަކަށް އޭގެ ތަކުލީފު އުފުލަންނުޖެހޭ ގޮތަށް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އަލަށް ފާސްކުރި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ މަގުތައް ބޭނުންކުރާ ވަކިވަކި އާންމު ފަރުދުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

އަންނަ އޮކްޓޫބަރު 1، ގައި އަމަލުކުރަން ފަށާ އެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އިސްތިސްނާ ކުރެވޭ ހާއްސަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މި މުއްދަތު ހަމަވުމުން އެ އުޅަނދުތަކުގެ ވެރިފަރާތަށް ނޯޓިސް ދިނުމަށް ފަހު، އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އެވެ.

އެ މައްދާގައި އިސްތިސްނާއެއްގެ ގޮތުގައި ހިމަނާފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ރެޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 18 އަހަރާއި 20 އަހަރާ ދެމެދުގެ އުޅަނދުތަކަށެވެ. އެ ގާނޫނުގެ 23 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ އެ އުޅަނދުތަކުގެ ރެޖިސްޓްރީ ބާތިލުކުރެވޭނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން އަހަރުދުވަސް ހަމަވާ ތާރީހުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox