ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ނުހިނގާ އޮންނަތާ އެތައް ޒަމާނެއްވީ 168 ތަން އެބަހުރި: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން: ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިން ވަނީ އަންގާފައި -- ފޮޓޯ: އަދަދު ފައިލް

ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން: ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިން ވަނީ އަންގާފައި -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުހިނގާ 168 ތަނެއް އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެފަދަ ތަންތަނުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުހިނގާތާ އަށް އަހަރުވެފައިވާ ތަންތަން ދައުލަތަށް ނަގަން ނިންމާފައިވާ ކަމަށެވެ.

"މިކަމުގެ ކުރަންޖެހެނު އަސްލު މައިގަނޑު ސަބަބަކީ ގާތްގަނޑަކަށް ރާއްޖޭގައި އެބަހުރި މިހާރު، ޑިސްޓްރެސް ސިޗުއޭޝަންގައި 168 ތަން އިނގޭތޯ؟ 168 ތަނޭ މި ދެންނެވީ އެއީ ފަޅާއި ރަށްތައް ހިމެނޭގޮތަށް، އެއީ 61 ފަޅު އަދި، 107 ރަށް އެބަ ހިމެނޭ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ ތެރޭގައި ފަތުރުވެރިކަމަށް ދޫކުރިތާ 25 އަހަރުވެފައިވާ ތަންތަން ވެސް ހިމެނޭ ކަމަށެވެ. މިހައި ހިސާބަށް އެކަން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް ހައްލެއް ގެންނަން އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ، ރައްޔިތުންގެ ހައްގު، އެއީ ދައުލަތުގެ ހައްގު އިނގޭތޯ؟ އަޅުގަނޑުމެން އެކަން ގަބޫލުކުރަންޖެހޭނެ، މިއީ ވަކި ބައެއްގެ އަތްމަތީގައެއް ނުބެހެއްޓޭނެ މިހައި ދިގުމުއްދަތެއްގައެއް ދައުލަތުގެ މިކަހަލަ މުހިންމު ތަންތަނެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް ރަށްރަށާއި ފަޅުތައް ދޫކުރަނީ ވަކި އުސޫލެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި އެ ތަންތަން ތަރައްގީކޮށް ނިންމަންޖެހޭނެ ގޮތަށް ކަމަށެވެ. ނަމަވެސް، އެގޮތަށް އެކަން ނުހިނގުމުން އެ ތަންތަނުން ދައުލަތަށް ޓެހުކުގެ ގޮތުގައި ލިބެންޖެހޭ ފައީސާ ނުލިބި އެތައް ދުވަހެއް ފާއިތުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ނުނިމި ދުވަސްވެފައިވާ ތަންތަނަށް އިތުރު ފުރުސަތެއް ނުދީ އަތުލަނީ

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ނުނިމި ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހެދި ގަވާއިދުގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށް އިތުރު ފުރުސަތެއް ނުދީ އަތުލެވެ. މިހެން އަތުލިޔަސް ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ކުލި ދައްކަން ޖެހޭ.

އޭނާ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން އެފަދަ ތަންތަނުގެ ކުލި މާފުކޮށްދިނުމާއި ދެއްކުން ފަސްކޮށްދީފައިވާ ކުލީގެ އަދަދު 537 މިލިއަން ޔޫއެސް ޑޮލަރަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު ސަރުކާރުން ވަނީ ރިސޯޓު ނުނިމި ދުވަސްވެފައިވާ ތަންތަން ތަރައްގީކުރަން އިތުރު ފުރުސަތެއް ނުދީ އަތުލެވޭ ގޮތަށް ގަވާއިދެއް ގެޒެޓުކޮށްފަ އެވެ. 

މި ގޮތަށް އެއްބަސްވުން ބާތިލުކުރަނީ ތަރައްގީކުރަން ދީފައިވާ މުއްދަތުގެ ފަހުން އަށް އަހަރު ވެފައިވާ އަދި ދައުލަތަށް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ތަންތަނާއި، ތަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ތަންތަނާއި، ކޮންސްޓްރަކްޝަން މުއްދަތު ހަ އަހަރަށް ވުރެ އިތުރުކޮށްފައިވާ ތަންތަނުގެ އިތުރުން ކުލި ދައްކަން ފަށަން ޖެހޭތާ އަށް އަހަރު ވެފައިވާ ތަންތަން ނުވަތަ ތަރައްގީކުރުމުގެ މަސައްކަތް 15 ޕަސެންޓަށް ވުރެ ދަށް ތަންތަނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox