ބީއެމްއެލްގެ ޑޮލަރު ލިމިޓް ރީސެޓްވާ ގަޑީގައި ވެސް ކާޑުން ނުކެނޑޭ ކަމުގެ ޝަކުވާ

މާލޭގައި ހުންނަ ބީއެމްއެލްގެ ހެޑް އޮފީސް: ޑޮލަރު ލިމިޓްތަކާ ގުޅޭގޮތުން ބީއެމްއެލްއިން ދޮގުހަދަމުންދާ ކަމަށް ބައެއް މީހުން ބުނޭ -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ބީއެމްއެލްގެ ހެޑް އޮފީސް: ޑޮލަރު ލިމިޓްތަކާ ގުޅޭގޮތުން ބީއެމްއެލްއިން ދޮގުހަދަމުންދާ ކަމަށް ބައެއް މީހުން ބުނޭ -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ އަދަދު ކޮންމެ މަހަކު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށްފައިވާއިރު، ކަނޑައެޅި ވަގުތު ޖެހުނުއިރު ވެސް ލިމިޓް ހަމަވެފައިވާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ބޭންކަށް އަމާޒުވެއްޖެ އެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެ ނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ އެވެ. އޭގެއިތުރުން ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

މިގޮތުން ދުވާލަކު ބޭނުން ކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކު ވެސް ހެނދުނު 7:00 ގައި ރީސެޓް ވާނެ ކަމަށް ބޭންކުން ބުނެފައިވީ ނަމަވެސް، އެ ވަގުތު ވެސް މުއާމަލާތްތައް ކުރެވޭ ގޮތް ނުވާ ކަމަށް ކަސްޓަމަރުން ދަނީ ބުނަމުންނެވެ. 

Advertisement

މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުނީ "އަހަރެންނަށް ކާޑު އެޑްވެސް ނުކުރެވުނު. އެލާމްވެސް ކުރިން ގަޑިއަށް،" ކަމަށެވެ. އަދި އެހެން މީހަކު ބުނި ގޮތުގައި "ޑެއިލީ ބަޖެޓް މިހާ އަވަހަށް މިވަނީ ހުސްވެފައި،" އެވެ.

ބައެއް ކަސްޓަމަރުން ވަނީ ބޭންކުން ދޭ މައުލޫމާތުގެ ސައްހަކަމާ މެދުވެސް ސުވާލު އުފައްދާފަ އެވެ. އެގޮތުން މީހަކު ބުނީ "6:30 އިން ފެށިގެން ޕޭޖް މިދަނީ ރީފްރެޝް ކުރަމުން. އެއްވެސް ބަދަލެއް ނާދޭ. ސިޔާސީ މީހުން ގޮތަށް ނުފުއްދޭވަރުގެ ވައުދުތައް ނުވިއްޔާ ރަނގަޅީ. ތިއީ އިންސްޓިޓިއުޝަނެއް،" ކަމަށެވެ.

މިއަދު ހެނދުނު ލިމިޓް ރީސެޓްވާ ވަގުތަށް ބަލައިގެން ތިބި ގިނަ ބަޔަކަށް ކުރިމަތިވީ މާޔޫސްކަމެވެ. "މިއަދު ހެނދުނު 7:00 ގައި ކްރެޑިޓް އަދި ޑެބިޓް ތިން ކާޑުގައި އެތައް ފަހަރަކު އަހަރެން މަސައްކަތް ކުރީމެވެ. އެއްވެސް ކަމެއް ކާމިޔާބެއް ނުވެ އެވެ. 7:00 ގައި ވެސް ޕޭމަންޓް ރިޖެކްޓް ވުމާއި ޕޭމަންޓް އެރާ އެލާޓްތައް ވެސް ލިބުނު،" ކަމަށް މީހަކު ކިޔައިދިނެވެ.

"ފަތިހު 5:30 އިން ފެށިގެން އީ-ކޮމާސް ޓްރާންސެކްޝަންތައް ހަދަން އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް ފެއިލް. ބޭންކް އޮފް މޯލްޑިވްސް އިން ދޮގު ހަދައި އާންމުން މަގުފުރެއްދީ. ލަދުވެތި. ބޮކޮށް ލޯން ދައްކާ ވާހަކަ ހިފައިގެން އާދޭ ވޯޓް ހޯދަން. ބޮޑު ތަނުން ފެއިލް ކޮށްލާނަން،" އިތުރު މީހަކު ބުންޏެވެ. 

ބީއެމްއެލް އިން ވަނީ މިހާރު ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ލިމިޓުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކަށް މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކު އެއް ލައްކަ ޑޮލަރު) ކަނޑައަޅާފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކު 50،000 ޑޮލަރު) ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު ހަ މިލިއަން ޑޮލަރު (ދުވާލަކު ދެ ލައްކަ ޑޮލަރު) އަދި ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ހިދުމަތްތަކަށް މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކު އެއް ލައްކަ ޑޮލަރު) ވަނީ ހަމަޖައްސާފަ އެވެ. އެހެނިހެން ހުރިހާ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކު 60،000 ޑޮލަރު) އެވެ.

ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ބީއެމްއެލް އިން ވަނީ ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ގިނަވެގެން ތިން މުއާމަލާތް ކުރެވޭ ގޮތަށް ލިމިޓް ކަނޑައަޅާފަ އެވެ.

ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް އާންމުކުރާނެ ކަމަށާއި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ހިދުމަތްތައް ނުހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދަ އެވެ. މި އަހަރުގެ ތެރޭގައި މިފަދަ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެވެމުންދާ ކަމަށް ބޭންކުން މައުލޫމާތުދެ އެވެ. ނަމަވެސް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކުގެ ސަބަބުން އާންމު ގިނަ ކަސްޓަމަރުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ބީއެމްއެލްއިން އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމަށް މި ލިމިޓްތައް ގެނައީ ޑޮލަރުގެ ތާށިކަން ބޮޑުވުމުގެ ސަބަބުން ކަމަށް އެ ބޭންކުން ބުންޏެވެ. އެގޮތުން ވިޔަފާރިތަކަށް ޓީޓީތައް ހެދުމުގައި ވެސް ދަތިތައް ދިމާވަމުންދާ ކަމަށް އެ ބޭންކުން ވަނީ އިއްޔެ އެއްބަސްވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox