ފެކްޓް ޗެކް: އަލަށް ހުޅުވާ އެކައުންޓުތަކަށް ލޯނު ދޫކުރަނީ ހަމައެކަނި ޝަރީއާގެ ހަމަތަކަކުން ނޫން

Sep 14, 2026, 10:35 AM
13 ސެޕްޓެމްބަރު 2026: ބީއެމްއެލް ހެޑް އޮފީސް

13 ސެޕްޓެމްބަރު 2026: ބީއެމްއެލް ހެޑް އޮފީސް

ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ސޯޝަލް މީޑިއާތަކުގައި ކުރި ޕޯސްޓުތަކެއްގައި ބުނެފައި ވަނީ، އަލަށް ހުޅުވާ އެކައުންޓުތަކާއި ފައިނޭންސިންގެ ހިދުމަތްތައް އެ ބޭންކުން ދެން ދޫކުރާނީ "ހަމައެކަނި" އިސްލާމީ ޝަރީއާގެ އުސޫލުން ކަމަށެވެ. 

"މިއަދުން ފެށިގެން އާންމު ފަރުދުންނަށް ތިރީގައިވާ ހިދުމަތްތައް ހަމައެކަނި ދެމުންދާނީ ޝަރީއާގެ ހަމަތަކާ އެއްގޮތަށް؛ އަލަށް ހުޅުވާ އެކައުންޓު، ފައިނޭންސިން ހިދުމަތްތައް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ އެ ބޭންކުގެ ވެބްސައިޓު ލިންކުގައި އިއްޔެގެ ނިންމުމުގެ ވާހަކަ ތަފްސީލުކޮށްދީފައިވެ އެވެ. ނަމަވެސް އޭގައި ބުނެފައިވާ ގޮތުން، އަލަށް ހުޅުވާ އެކައުންޓާއި ފައިނޭންސިންގެ ހިދުމަތް ޝަރީއާ ކޮމްޕްލަޔަންޓް ނޫން ގޮތަށް ވެސް ނެގެ އެވެ. 

Advertisement

"ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިންގ ހިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ،" ބީއެމްއެލްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އަލަށް ހުޅުވާ އެކައުންޓުގެ ހިދުމަތާއި ފައިނޭންސިން ނުވަތަ ލޯނުގެ ހިދުމަތްތައް "ހަމައެކަނި ދެމުންދާނީ" ޝަރީއާގެ ހަމަތަކާ އެއްގޮތަށް ކަމަށް ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކީ ހަގީގަތާ ހިލާފު ވާހަކައެކެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ބީއެމްއެލްގެ ކޮންޓްރޯލް ހޯއްދަވައިފަ އެވެ. އޭގެ ފަހުން ބޭންކު ހިންގަމުންދަނީ ސިޔާސީ ވިސްނުމެއްގައި ކަމަށް ވަރަށް ގިނަ މާހިރުން ދަނީ ބުނަމުންނެވެ.

އާންމުންނަށް ދޫކުރާ ޑޮލަރު ލިމިޓު ހަނި ކުރަން ބީއެމްއެލް އިން 2024 ވަނަ އަހަރު ނިންމުމުން މުއިއްޒު ވަނީ ބޭންކުން ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް އަމުރުކޮށްފަ އެވެ. އަދި ބޭންކުގެ ނިންމުން ވަގުތުން ބަދަލު ކުރަން މަރުކަޒީ ބޭންކުން ވަނީ މަޖުބޫރުކޮށްފަ އެވެ. 

ނަމަވެސް މިހާރު ބީއެމްއެލް އިން ވަނީ އެކި ނަންނަމުގައި ޑޮލަރު ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ. އަދި މިހާރު، ޑޮލަރު ލިމިޓު ބޭނުން ކުރަން ވެސް ވަނީ ވަރަށް ބޮޑަށް ދަތިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox