ބީއެމްއެލްގެ އާ ލިމިޓު ބަހާލުމުން ކާޑަކަށް 60 ޑޮލަރު ވެސް ނުލިބޭ

"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ ބޮޑު ބަޔެއް ބޭރުވަނީ އީކޮމާސް ސައިޓުތަކަށް --- ފޮޓޯ: ބީއެމްއެލް

"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ޝަރީފު ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ ބޮޑު ބަޔެއް ބޭރުވަނީ އީކޮމާސް ސައިޓުތަކަށް --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކަށް މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ ލިމިޓު، އެ ބޭންކުގެ ކާޑުތައް ބޭނުންކުރާ ކަމަށް ބުނެފައިވާ ތިން ލައްކަ ކަސްޓަމަރުންގެ މެދުގައި ބަހާލުމުން ކޮންމެ ކަސްޓަމަރަކަށް 60 ޑޮލަރު ވެސް ނުޖެހޭ ކަމަށް އަދަދު ނޫހުން ހެދި ހިސާބުތަކުން ދައްކައިފި އެވެ. 

ބީއެމްއެލްއިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ އަދަދަކީ 16 މިލިއަން ޑޮލަރު ކަމަށް ލިމިޓުކޮށްފަ އެވެ. ބޭންކުން ވަނީ ދުވާލަކަށް ހަރަދު ކުރެވޭ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަށް ފަހު މި ލިމިޓު އެކި ދާއިރާތަކުގެ މެދުގައި ބަހާލާފަ އެވެ. 

މި ލިމިޓުގެ ތެރެއިން އެންެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށެވެ. ބޭންކުން ގިނަ ޑޮލަރުތަކެއް ބޭރުވާ މައިގަނޑު ސަބަބު ކަމަށް ބުނާ އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމްތަކަށް ވެސް ލިމިޓެއް އޮވެ އެވެ.

Advertisement

ބީއެމްއެލްއިން ކަނޑައަޅާފައިވާ ލިމިޓުތައް

  • އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމްތަކަށް މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކު އެއް ލައްކަ ޑޮލަރު)
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު ދޮޅު މިލިއަން ޑޮލަރު (ދުވާލަކު 50،000 ޑޮލަރު)
  • ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު ހަ މިލިއަން ޑޮލަރު (ދުވާލަކު ދެ ލައްކަ ޑޮލަރު)
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ހިދުމަތްތަކަށް މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކު އެއް ލައްކަ ޑޮލަރު)
  • އެހެނިހެން ހުރިހާ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކު 60،000 ޑޮލަރު) 

މި ލިމިޓުތަކުގައި ބޮަލަކަށް ޖެހޭ ވަރު ހިސާބުކުރަން ބޭނުންކުރީ ބީއެމްއެލްގެ "ޗެޓު ވިތު ސީއީއޯ" ގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ހިއްސާކުރެއްވި އަދަދުތަކެވެ. އެ ދުވަހު ޝަރީފް ވިދާޅުވީ ބޭންކުގެ 250،000 އާއި ތިން ލަައްކައާ ދެމެދުގެ އަދަދަކަށް ކޮންމެ މަހެއްގައި ރުފިޔާ ކާޑުތަކުން މުއާމަލާތް ކުރާކަމަށެވެ. އަދި، އެވަރެޖުކޮށް ކޮންމެ ކަސްޓަމަރަކަށް ޖެހެނީ 143 ޑޮލަރު ކަމަށެވެ. 

މި އަދަދުގެ އެވަރެޖެއް ކޮންމެ ކަސްޓަމަރަކަށް ލިބުނީ ބޭންކުން މަހެއްގެ މައްޗަށް 39.3 މިލިއަން ޑޮލަރު ވިއްކި އިރުގަ އެވެ. މިހާރު ބޭންކުން 16 މިލިއަން ޑޮލަރު ވިއްކާއިރު، މި އަދަދު އެ ބޭންކުގެ ތިން ލައްކަ ކަސްޓަމަރުންގެ މެދުގައި ބަހާލުމުން ކަސްޓަަމަރަކަށް ހޭދަ ކުރެވޭ އެވަރެޖު އަދަދަކީ 53 ޑޮލަރެވެ. 

ބީއެމްއެލްގެ ޑޮލަރު ލިމިޓް ރީސެޓްވާ ގަޑީގައި ވެސް ކާޑުން ނުކެނޑޭ ކަމުގެ ޝަކުވާ

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި ރީސެޓްވާނެ ކަމަށް ބޭންކުން ބުނި ނަމަވެސް، އެ ވަގުތުވެސް މުއާމަލާތް ނުކުރެވޭތީ އާންމުންގެ ބޮޑެތި ޝަކުވާތަކާއި ފާޑުކިޔުންތައް ބޭންކަށް ވަނީ އަމާޒުވެފައި. ގިނަ ކަސްޓަމަރުން ތުހުމަތުކުރާ ގޮތުގައި ބޭންކުން ދޭ މައުލޫމާތު ސައްހައެއް ނޫން.

މި ވަރުގެ ކުޑަ އަދަދެއް ހޭދަ ކުރެވޭ ގޮތަށް އޮތް ނަމަވެސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ކަނޑައަޅާފައިވާ މަހަކު 500 ޑޮލަރުގެ އެލަވަންސަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެކަމަކު މިހާރު ޑޮލަރު ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައިވާތީ މި ވަރަށް ހަރަދު ކުރެވުމަކީ ނާދިރު ކަމެކެވެ.

ސަބަބަކީ ބީއެމްއެލްގައި ތިބި ހުރިހާ ކަސްޓަމަރުންނަށް މިހާ މަދު އަދަދެއްގެ ޑޮލަރު ބޭނުންކޮށްގެން ގިނަ ޓްރާންސެކްޝަންތައް ނުހެދޭނެތީ އެވެ. މި ލިމިޓުގައި 500 ޑޮލަރުގެ އެލަވަންސެއް ބޭނުންކުރެވޭނީ އެއް މުއާމަލާތަކުން ކުރާ ނަމަ ނޫނީ ބޭންކުގެ ޑެއިލީ ލިމިޓު ހަމަ ނުވަނީސް ނަސީބު އަތުގައި ހިފައިފި ނަމަ އެވެ. 

ބީއެމްއެލްއިން ވަނީ މި ޑެއިލީ ލިމިޓުތައް ރީސެޓުވާ ގަޑިއަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅާފަ އެވެ. އަދި، ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެ ނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މިހެން ނަމަވެސް، މި ގަޑީގައި ކާޑުތަކުން ކަނޑަން މަސައްކަތްކޮށްގެން ވެސް ނުކެނޑޭ ކަމަށް ބުނެ މިއަދު ގިނަ ބަޔަކު ޝަކުވާކުރި އެވެ. 

ބީއެމްއެލްއިން މި ހިފެހެއްޓުންތައް ގެނައީ، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި އިރާނު ހަނގުރާމައާއެކީ، ޓޫރިޒަމަށް ލޮޅުން އައިސް، އިގުތިސޯދު ހީނަރުވުމުންނެވެ. މިއާއެކީގައި ބީއެމްއެލްގެ އާމްދަނީއަށް އަސަރުކޮށް، އެ ބޭންކަށް ލިބޭ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވަ ކަމަށް އޭރުން ފެށިގެން އައީ ބުނަމުންނެވެ.

މިހެން ނަމަވެސް މި މައްސަލަ ރަނގަޅަށް މެނޭޖުނުކުރެވުމާ ގުޅިގެން، ޑޮލަރު ހުރެގެން ހަދާ ޓީޓީތައް ލަސްވާ މައްސަލައާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މި ގޮތަށް ޓީޓީ ނުހެދޭ ކަމަށް ދުވަސްތަކެއް ވަންދެން އިންކާރުކުރުމަށް ފަހު، ބީއެމްއެލްއިން އިއްޔެ ވަނީ ޑޮލަރު ތާށިކަމުގެ ސަބަބުން ޓީޓީ ނުހެދޭ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox