ސޯލްޓު ހިތްގައިމު ހެނދުނު: ދިވެހި އަދި ކޮންޓިނެންޓަލް މީރު ރަހަތަކުގެ ސުފުރާއެއް

Sep 11, 2026, 8:48 PM
ސޯލްޓް ކެފޭގެ ހެނދުނުގެ ނާސްތާ

ސޯލްޓް ކެފޭގެ ހެނދުނުގެ ނާސްތާ

ދުވަހުގެ ފެށުން އުޖުލާކޮށްލަން، ކަނޑުގެ ހިތްގައިމު ރީތި މަންޒަރުތަކާއެކު ހެނދުނުގެ ނާސްތާއެއް ލިބޭނެ އެންމެ ފުރިހަމަ އެއް ތަނަކީ ސޯލްޓު ކެފޭ  އެވެ.

ސޯލްޓުގެ ބްރެކްފާސްޓް ބުފޭއަކީ ދިވެހިވަންތަ އަދި ޒަމާނީ ރަހަތަކާއި ސިއްހަތަށް ފައިދާހުރި ކާނާގެ ފުރިހަމަ މިކްސްއެކެވެ. ކެފޭއަށް ވަދެލާއިރު ލިބިގެންދަނީ ހިތްހަމަޖެހުމެކެވެ. ބުފޭގެ މޭޒުމަތިން އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ ދިވެހީންގެ އެންމެ ފޭވަރިޓް ކާނާތަކެވެ. މީރުކޮށް ތައްޔާރުކޮށްފައިވާ މަސްހުނި، ކުޅިމަސް، އަދި ދިވެހި ހަވާދުން ތައްޔާރުކޮށްފައިވާ ރިހަ އެވެ. 

މި ރިހައަކީ އަހަރެން މިހާތަނަށް ރަހަބެލި އެންމެ މީރު އެއް ރިހަ އެވެ. އަޖުމަ ބަލައިފިނަމަ ދެވަނަ ފަހަރަށް ބޭނުންވާނެކަން ޔަގީނެވެ. މި ނޫންވެސް ތަފާތު ރަހަތައް އެބަ ހުއްޓެވެ. 

ސޯލްޓް ކެފޭގެ ހެނދުނުގެ ނާސްތާ
ސޯލްޓް ކެފޭގެ ހެނދުނުގެ ނާސްތާ

ސީރިއަލް އާއި ބްރައުންޑް ބްރެޑް ވެސް ލިބޭނެ އެވެ. އަދި ކޮންޓިނެންޓަލް ކާނާގެ ބާވަތްތަކަށް ލޯބިކުރާ މީހުންނަށް ހޫނުކޮށް ހުރި ޕަންކޭކް ވެސް ލިބެން އެބަހުއްޓެވެ.

މިއީ އާއިލާ އާއި ރައްޓަހިންނާއެކު ނާސްތާއަށް އިންސާފުކޮށްލަން އެންމެ ހިތްގައިމު އެއް ތަނެވެ. ހުކުރު ދުވަހު ވެސް ސޯލްޓުގެ ބްރޭކްފަސްޓު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox