ތިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާ ގުޅުވައި ކުރެއްވި ތުހުމަތުތަކާ ގުޅިގެން ޔާމީނުގެ ބަޔާނެއް ފުލުހުން ނަގައިފި

 ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ދިވެހި ފުލުހުން ނަގައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން އިއްޔެ އެ ގެއަށް ދިޔުމުން އެމަނިކުފާނު ޗިޓާ ހަވާލުވެވަޑައިނުގެންނެވި ކަމަށެވެ. ނަމަވެސް، އެމަނިކުފާނު ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން ލިޔުމުން ބަޔާނެއް ދެއްވި ކަަމަށް ފުލުހުން ބުންޏެވެ.

"އެ ލިޔުމުގައި މި މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވޭ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

Advertisement

ގްރީން ބިލްޑިން ރޯކޮށްލީ މުއިއްޒުގެ އަރިސް މީހެއް، ފުލުހުން އަތުގައި ހެކި އެބަހުރި: ޔާމީން

ގްރީން ބިލްޑިންގުގައި ރޯވީ ރައީސް މުއިއްޒުގެ އަރިސް މީހަކު ގަސްތުގައި ކުރި ކަމަކުން ކަމަށާއި، އެކަމުގެ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތުކުރައްވައިފި. ނަމަވެސް، ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް.

ޔާމީން ފުލުހަށް ހާޒިރުކުރަން އެ މުއައްސަސާއިން މަސައްކަތްކުރީ ސެޕްޓެމްބަރު 5، 2026، ގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން އެދިވަޑައިގަތުމުންނެވެ.

ޔާމީން އެރޭ ވިދާޅުވީ ތިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ކަމަށާއި، އެކަން ކުރި މީހާއަކީ ރައީސް މުހައްމަދު މުއިއްޒާ އަރިސް މީހެއްކަން ފުލުހުންނަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

ޑިސެމްބަރު، 2024، ގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި އިމާރާތް އެއްކޮށް އަނދައި، މުހިންމު ލިޔެކިޔުންތަކާއި ސާވާތަކެއް ވަނީ ހަލާކުވެފަ އެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނީ ތިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި، އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ފުލުހުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް ވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. ގާތްގަނޑަކަށް މީގެ ދެ އަހަރުކުރިން ހިނގި އެ ހާދިސާގެ މައުލޫމާތު އާންމުކުރުމަށް އެތައް ދުވަހެއްގެ މަތިން ފުލުހުންނާއި ސަރުކާރު ވަނީ ނުކުޅެދިފަ އެވެ.

ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17، 2024 ގައި ފުލުހުން އިއުލާނު ކުރި އެވެ.  އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ޑިސެމްބަރު 20، 2024 ގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ ޑިސެމްބަރު 22، 2024 ގަ އެވެ. އެކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox