ހުޅުމާލެއިން އެޕާޓުމެންޓު ކުއްޔަށް ދޫކުރާ ކަމަށް ބުނެ ސްކޭމް ހިންގަނީ

އެޕާޓުމެންޓު ކުއްޔަށް ދޫކުރާ ކަމަށް ބުނެ ހިންގާ ބައެއް ސްކޭމްތަކުގެ ސްކްރީންޝޮޓްތަކެއް --- ފޮޓޯ: ފުލުހުން

އެޕާޓުމެންޓު ކުއްޔަށް ދޫކުރާ ކަމަށް ބުނެ ހިންގާ ބައެއް ސްކޭމްތަކުގެ ސްކްރީންޝޮޓްތަކެއް --- ފޮޓޯ: ފުލުހުން

ހުޅުމާލެއިން އެޕާޓުމެންޓު ކުއްޔަށް ދޫކުރާކަމަށް ބުނެ ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިން އިލްތިމާސްކޮށްފި އެވެ.

މިރޭ ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓުމެންޓު ކުއްޔަށް ދޫކުރާކަމަށް ބުނެ ސޯޝަލްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން، Hulhumale Daily Rent Apartment (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓުތަކާއި 7217905 ނަންބަރު ބޭނުންކޮށްގެން އޮޅުވައިލުންތައް ހިންގަމުންދާކަން އެކަމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ފަރާތްތަކުން މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރާ އުކުޅުތައް ވެސް ފުލުހުންގެ ބަޔާނުގައި ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރެއިން ސަމާލުވުމަށް ފުލުހުން އެދިފައި ވަނީ:

  • މީހުން ޝައުގުވެރި ކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓުމެންޓުތަކުގެ ވީޑިއޯ އާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުން ކުރުމާއި އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރުކުރުން
  • މެސެޖިން ޕްލެޓުފޯމްތަކުން މުއާމަލާތްކުރަން ފެށުމުން އެޕާޓުމެންޓު ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސް އަރުވާލައިގެން ބުކިން ކަށަވަރު ކުރުމަށް ވަގުތުން އެޑްވާސް ފައިސާ ދެއްކުމަށް ޑިމާންޑުކުރުން
  • ވަކި ބޭންކް އެކައުންޓުތަކަކަށް 2500 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން
  • އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަ ނޫ؟ން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން
  • ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި އެޕާޓުމެންޓު ހަވާލުނުކޮށް އަދި، ފައިސާ ވެސް އަނބުރާ ނުދިނުން

ފުލުހުން އެދިފައި ވަނީ ތަނެއް ކުއްޔަށް ހިފުމުގެ ކުރިން، އެ ތަނެއް ބަލައި، އެތަނުގެ މިލްކުވެރިކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެއްވެސް މީހަކަށް ފައިސާ ނުދެއްކުމަށެވެ. އަދި، ސައްހަކަން ކަށަވަރު ނުކުރެވޭ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް އެ މުއައްސަސާއިން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox