ޑްރަގް ކެފޭއެއް ހިންގަން ހުއްދަ ދިން ގޭގެ ވެރި މީހާ 10 އަހަރަށް ޖަލަށް

މާލޭގެ ޑްރަގް ކެފޭއެއް -- ފޮޓޯ: އަދަދު ފައިލް

މާލޭގެ ޑްރަގް ކެފޭއެއް -- ފޮޓޯ: އަދަދު ފައިލް

ޑްރަގް ކެފޭއެއް ގޮތަށް ގ. ޕެލިކަން ގޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ވިޔަފާރިކުރަން ހުއްދަ ދިން ގޭގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. 

މި މައްސަލައިގައި ޖަލަށްލާން ހުކުމްކުރީ ގ. ޕެލިކަން، އިބްރާހިމް ނާޒިމް އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން މި ކުށް ސާބިތުވި ފުރަތަމަ މީހާ އެވެ. 

އިބްރާހިމް ނާޒިމްގެ މައްޗަށް ސާބިތުވީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑަލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށެވެ. 

ޕެލިކަން ގޭގައި ނާޒިމް ހަދާފައިވާ ތިން ފަންގިފިލާގެ އިމާރާތުގައި މަސްތުވާތަކެތީގެ އެކިއެކި ކުށްތައް ހިންގަމުން އަންނަކަމާއި 2014 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ކުށްތައް އެ ގޭގައި ހިންގަމުން އަންނަކަން ރެކޯޑުކުރެވިފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. 

މީގެއިތުރުން އެ ގެއަކީ ތަކުރާރުކޮށް މަސްތުވާތަކެތި ވިއްކުމާއި އޭގެ ވިޔަފާރިކުރުމާއި އެނޫންވެސް މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހިންގުމަށް ބޭނުންކުރަމުން އަންނަ ތަނެއް ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. 

ޝަރީއަތުގައި އިބްރާހިމް ނާޒިމް ބުނެފައިވަނީ އެ ގެއަކީ އޭނާ ކުއްޔަށް ދީފައި ހުރި ގެއެއް ކަމަށާއި އެ ގޭގައި މަސްތުވާތަކެތީގެ ކަންކަން ކުރަމުންދާކަން ނޭނގޭ ކަމަށެވެ. އޭގެއިތުރުން އަދަބާ ގުޅޭގޮތުން އިބްރާހިމް ނާޒިމް ބުނެފައިވަނީ އޭނާއަށް ދިން އަދަބަކީ ނުހައްގު އަދަބެއް ކަމަށާއި އެކަން އެނގޭނީ މަހުޝަރު ދުވަހުން ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނެފައިވަނީ އެ ގޭގައި މަސްތުވާތަކެތީގެ ކަންކަން ކުރަމުންދާކަން ތަކުރާރުކޮށް އިބްރާހިމް ނާޒިމަށް އެންގުމުންވެސް ފިޔަވަޅު ނާޅާ ކަމަށާއި އޭގެއިންވެސް ދޭހަކޮށްދެނީ އެ ގޭގައި ހިނގާ ކަންކަމަކީ އޭނާއަށް އެނގިގެން ހިނގާ ކަންކަން ކަމަށެވެ. 

ފުލުހުން އަންނަނީ ޑްރަގް ކެފޭތައް ފާހަަގަކޮށް އެތަންތަން ކޯޓު މެދުވެރިކޮށް ބަންދުކުރަމުންނެވެ. އޭގެއިތުރުން އެތަންތަނުގެ ވެރިންނަށް އިންޒާރުގެ ނޯޓިސްވެސް ފުލުހުން އަންނަނީ ދެމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox