ޒަމާނީ ބަދަލުތަކާއެކު ދަ ޓެއިލާޝޮޕުން ކޯޕަރޭޓް ދާއިރާގެ އިތުބާރު ހޯދައިފި

ދަ ޓެއިލާ ޝޮޕް

ދަ ޓެއިލާ ޝޮޕް

ދިވެހިރާއްޖޭގެ މާކެޓަށް ޔުނިފޯމް އުފެއްދުމުގެ މުޅިން އާ މިންގަނޑެއް ތައާރަފުކޮށް، ދަ ޓެއިލާޝޮޕް މޯލްޑިވްސްއިން ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ އިތުބާރެއް ހޯދައިފި އެވެ. ކޯޕަރޭޓު ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ޔުނިފޯމު ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ.

ދަ ޓެއިލާޝޮޕް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ޝަދާ ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް ތިން އަހަރު ފުރެންދާއިރު، މި ދާއިރާގައި ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ވިޔަފާރިތަކެއްގެ އިތުބާރު ލިބެމުންދާކަން އޭނާ ވިދާޅުވި އެވެ. 

ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ޔުނިފޯމްތައް އުފެއްދުމުގެ ފުރުސަތު ލިބުމަކީ ކުންފުނިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށްވެސް ޝަދާ ވިދާޅުވިއެވެ.

މި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ އަދި ފުރިހަމަ ނިޒާމެއްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި ޔުނިފޯމަށް ބޭނުންވާ މިންގަނޑުތަކާއި ބޭނުންތައް ދެނެގަނެ އިރުޝާދު ދިނުމުގެ ކޮންސަލްޓޭޝަން ހިދުމަތާއި، ޔުނިފޯމުގެ ޑިޒައިންތައް ޓެކްނިކަލްކޮށް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ފެންވަރު ރަނގަޅު ފޮތި ހޯދުމާއި، ބޮޑު އޯޑަރަކަށް ދިއުމުގެ ކުރިން ސާމްޕަލް ތައްޔާރުކޮށް ކަސްޓަމަރުންގެ އެޕްރޫވަލް ހޯދުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ މެނުފެކްޗަރިން ޑިޕާޓްމަންޓުން ޔުނިފޯމް ފެހުމުގެ މަރުހަލާ ކުރިއަށްގެންދާއިރު، ކޮންމެ އުފެއްދުމެއްގެ ފެންވަރު ވަކިވަކިން ކަށަވަރުކުރެ އެވެ. އަދި އުފެއްދުންތައް ރައްކާތެރިކަމާއެކު ޕެކްކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. މީގެ އިތުރުން ޓީޝާޓް ޕްރިންޓްކުރުމާއި، ޑީޓީއެފް ޕްރިންޓިން އަދި އެމްބްރޮއިޑަރީ ފަދަ އިތުރު ހިދުމަތްތައްވެސް ދެއެވެ. 

މެންހެޓަން ހޮޓެލްގައި ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ވެސް ދަ ޓެއިލާޝޮޕުން ބައިވެރިވި އެވެ. މި އެގްޒިބިޝަންގައި، އިޓަލީގެ މަޝްހޫރު ފެބްރިކް ބްރޭންޑެއް ކަމަށްވާ ކްލޮޕްމަން އިންޓަނޭޝަނަލްގެ ފޮތި ވަނީ ދައްކާލާފަ އެވެ. މިއީ ހާއްސަކޮށް ކަލިނަރީ ދާއިރާގެ ޔުނިފޯމުތަކަށް ބޭނުންވާ އަރާމުކަމާއި، ގިނަ ދުވަހު ހިފަހައްޓާނެ ފެންވަރު ރަނގަޅު ފޮއްޗެކެވެ. މި ފޮއްޗަކީ ދަ ޓެއިލާޝޮޕުން ކަސްޓަމަރުންނަށް ލިބެން ހުންނާނެ އުފެއްދުމެކެވެ.

ދަ ޓެއިލާޝޮޕްގެ އަމާޒަކީ ކަލިނަރީ ދާއިރާ ހިމެނޭހެން ހުރިހާ ދާއިރާއެއްގެ ބޭފުޅުންނަށް ބޭނުންވާ ޔުނިފޯމުގެ ފުރިހަމަ، އެންޑް-ޓު-އެންޑް ހައްލުތައް ފޯރުކޮށްދީ، ރާއްޖޭގެ ޔުނިފޯމް އުފެއްދުމުގެ ސިނާއަތް އާ އުސްމިންތަކަކަށް ގެންގޮސްދިނުމެވެ.

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox