ދަ ޓެއިލާޝޮޕުން ކޯޕަރޭޓް ދާއިރާގެ އިތުބާރު ހޯދައިފި
ދަ ޓެއިލާޝޮޕް މޯލްޑިވްސްއިން ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޔުނިފޯމް އުފައްދައި، ރާއްޖޭގެ ކޯޕަރޭޓް ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު އިތުބާރެއް ވަނީ ހޯދާފައި. އެ ކުންފުނިން ޔުނިފޯމް ޑިޒައިން ކުރުމާއި، ސާމްޕަލް ތައްޔާރުކުރުމާއި، ކޮލިޓީ ކަށަވަރުކުރުމުގެ އިތުރުން ޕްރިންޓްކުރުމާއި އެމްބްރޮއިޑަރީގެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދޭ.